އިންޑިއާގެެ ލޯ ކޮސްޓް ކެރިއާ، ގޯ އެއާ އިން މާލެ އާއި އިންޑިއާގެ ހައިދަރުއާބާދާ ދެމެދު ސީދާ ދަތުރު ފަށައިިފި ިއެވެ.

މާލެ-ހައިދްރައާބާދު ދަތުރުތައް ހަފްތާ އަކު ހަތަރު ދުވަހު އޮންނާނެއެވެ. އެއީ ހޯމަ، އަންގާރަ އަދި ބުރާސްފަތި، އާދިއްތަ ދުވަހު އެވެ.

ގޯ އެއާ އިން މިހާރު ވެސް މާލެ އާއި ބެންގަލޫރު، މުމްބާއީ އަދި ނިއުދިއްލީ އާއި ދެމެދު ދަތުރުތައް ބާއްވަ އެވެ.

އިންޑިއާގެ އިތުރު ސިޓީ އަކުން ގޯ އެއާގެ ސީދާ ދަތުރުތައް ރާއްޖެ އަށް ފަށާފައިވާ އިރު އިންޑިއާ އަކީ އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އަންނަ އެއްގައުމެވެ.

މި އަހަރުގެ މިހާތަނަށް އިންޑިއާ އިން 26،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު މިދިޔަ އަހަރު އިންޑިއާ އިން ޒިޔާރަތްކުރި 62،960 ޓޫރިސްޓުންނާ އެކު އެ ގައުމަކީ މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ.

އިންޑިއާގެ ގޯ އެއާގެ އިތުރުން ސްޕައިސްޖެޓާއި އިންޑިގޯ އަދި އެއާ އިންޑިއާ އިން ރާއްޖެއަށް ސީދާ ދަތުރުތައް ބާއްވަ އެވެ.