މިއަދު ރާއްޖެއިން 186 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ހަވީރު ހަޔަކުން މިއަދު ހަވީރު ހަޔަކަށް ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިިޓިވް ވި 162 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 14 މީހެއްގެ އިތުރުން ހިންގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 10 މީހެކެވެ.

މިއާއެކު ރާއްޖޭގައި މިވަގުތު ކޮވިޑް-19 އަށް ފަރުވާ ހޯދާ މީހުންގެ ޖުމްލަ ވަނީ 2243އަށް އަރައިފައެވެ. އޭގެ ތެރެއިން 211 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ޖުމްލަ މިހާރު 17،387 އަށް އަރާފައިވާއިރު 56 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 15،081 އެވެ. މިދިޔަ 24 ގަޑިއިރު ތެރޭ 103 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

އަދިވެސް ރާއްޖޭގައި ގިނަ ބަޔަކު ޕޮޒިޓިވްވަމުންދާއިރު، ބަލިން ސަލާމަތްވުމަށް ވެކްސިން ޖެހުމުގެ މަސައްކަތްވެސް ދަނީ ބާރަށް ކުރިއަށެވެ. މިހާތަނަށް 25،327 މީހަކަށް ވަނީ ވެކްސިން ޖަހާފަ އެވެ.