ޓޫރިިޒަމް ސިނާއަތުގައި މަސައްކަތްކުރާނެ މީހުން ބިނާ ކުރުމަށް ގައުމީ ޔުނިވާސިޓީ އާއި ޓޫރިޒަމް މިނިސްޓްރީ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނީ އެ އެއްބަސްވުމަކީ އިލްމީ ރޮނގުންނާއި އަމަލީ ރޮނގުން ދެ އިދާރާ ގުޅިގެން މަސައްކަތް ކުރުމަށް އެކުލަވާލި އެއްބަސްވުމެއް ކަމަށެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ، އަބްދުﷲ މައުސޫމެވެ. ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފެވެ.

މި އެއްބަސްވުމުގެ ދަށުން ޔުނިވާސިޓީގެ އެކެޑެމިކް ޕްރޮގްރާމުތަކާއި ކޯސްތަކުގެ ތެރޭގައި ހިމެނޭ ދާއިރާތަކުން މީހުން ތަމްރީނުކޮށްދިނުމަށް މިނިސްޓްރީ އިންް އެދުމުން ޔުނިވާސިޓީ އިން އެކަމަށް މަގުފަހިކޮށްދޭނެ އެވެ.

މިއީ ޓޫރިޒަމް ސިނާއަތުގައި ދިވެހި މަސައްކަތްތެރިން އިތުރުކޮށް ދިވެހިންނަށް އެ ދާއިރާ އިން ވަޒީފާ ހޯދައިދީ އެ ދާއިރަގެ މަޓީ މަގަމުތަކަށް ދިވެހިންނަށް ދެވޭ ފުރުސަތުތައް ފަހިކޮށްދިނުގެ މަގުސަދުގައި އެކުލަވާލި އެއްބަސްވުމެކެވެ.