ގިނަ އިނާމުތަކާއެކު އެސްޓީއޯ ރަމަޟާން ބާޒާރު 2021 ފަށައިފި އެވެ.

ރޯދަ މަހަށް އަމާޒުކޮށްގެން މިއަދު ފެށި އެ ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ރާވާފައިވަނީ އޭޕްރީލް 22ގެ ނިޔަލަށެވެ.

ޕްރޮމޯޝަން ކުރިއަށްދާއިރު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ގިނަ އައިޓަމްތަކަކުން އެކި ވަރުވަރުގެ ޑިސްކައުންޓް ލިބޭނެ އެވެ.

މިއަހަރު މުޅި ޕްރޮމޯޝަނުން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތްތަކަށް އިނާމު ހުށަހަޅާފައިވަނީ ޕެޖޭކުތަކުގެ ގޮތުގަ އެވެ.

އެސްޓީއޯ ރަމަޟާން ބާޒާރު 2021 ފެށުން-- ފޮޓޯ/އެސްޓީއޯ

އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް ފިލިޕްސް އެލްއީޑީ 55 އިންޗީގެ ޓީވީއަކާއި ހިޓާޗީ ފްރިޖަކާއި ޓެކްނޯ ދޮންނަ މެޝިނެއްގެ އިތުރުން ފިލިޕްސް ސައުންޑްބާއަކާއި ސެންފޯޑް އަވަނެއް ލިބޭނެ އެވެ.

ދެވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް ހުށަހަޅާފައިވަނީ ފިލިޕްސް އެލްއީޑީ 55 އިންޗީގެ ޓީވީއަކާއި ހިޓާޗީ ފްރިޖަކާއި ހިޓާޗީ ވެކިއުމް ކްލީނަރެއްގެ އިތުރުން ކުކާ އެކެވެ.

ތިންވަނައަށް އޭއޯސީ 43 އިންޗީގެ ސްމާޓް ޓީވީއަކާއި ހިޓާޗީ ދޮންނަ މެޝިނަކާއި ހިޓާޗީ ވެކިއުމް ކްލީނަރެކެވެ.

އެ ޕްރޮމޯޝަން ކުރިއަށްދާއިރު ވިޔަފާރި ކުރާ ފަރާތްތަކަށް ސަޕްރައިޒް އިނާމުތަކެއް ދިނުމަށް އެސްޓީއޯއިން ވަނީ ރާވާފަ އެވެ.

މީގެ އިތުރުން އެސްޓީއޯއިން ބުނީ ކުރިން އެސްޓީއޯ އީސްޓޯރުން ގަންނަ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ތަކެތި ޑެލިވަރީ ނުކޮށްދިން ނަމަވެސް، މިއަދުން ފެށިގެން ޑެލިވަރީގެ ހިދުމަތްވެސް ފޯރުކޮށްދޭނެ ކަމަށެވެ.