Last Updated:
1 decade 4 year ago

ކަރުނަގޭސް ޖަހައި، މުޒާހަރާގެ ބައިވެރިން ފައްސާލައިފި

  • ޝީލްޑަކުން ޖެހި މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފި
ބުލޮގު ޚުލާސާ
މުޒާހަރާ ފެށިތާ މާގިނައިރުތަކެއް ނުވެ، ފުލުހުންގެ އިންޒާރާއެކީ ކަރުނަ ގޭސް ޖަހައިފި. މުޒާހަރާގެ ބައިވެރިން ފައްސާލުމަށް ފުލުހުން ބާރުގެ ބޭނުން ކުރަންފަށައިފި. ނަމަވެސް ބައެއް ގޯޅިތަކުގައި މުޒާހަރާގެ ބައިވެރިން މަޑުކޮށްލައިގެން އެބަތިބި.
00:33

ސުޕްރީމް ކޯޓް ސަރަހައްދުން އަންހެނަކުވެސް ހައްޔަރު ކޮއްފި.
00:25

އަދިވެސް މަދު ބަޔަކު ހަރަކާތްތެރިވަމުން އެބަދޭ. ދެންމެއަކު ވަނީ ސުޕްރީމް ކޯޓް ކައިރިން މީހަކު ހައްޔަރުކޮށްފައި. ހައްޔަރުކުރި މީހަކީ މުޒާހަރާ ކުރާ މީހުނާ ދިމާލަށް ގާބުރިއެއް އެއްލި މީހެއް.
00:20

އަނެއްކާވެސް މާރުކޭޓް ސަރަހައްދަށް މީހުންތަކެއް ޖާމަވެ ޝުއޫރު ފާޅު ކުރަމުން އެބަދޭ. ދާދިދެންމެއަކު ބައެއް ނޫސްވެރިންނަށް އަމާޒުކޮށް ފުލުހުން ޕެޕާ ސުޕްރޭ ޖަހާފައިވާ ކަމަށް އެ ސަރަހައްދުގައި ހުރި ސަން އޮންލައިންގެ ނޫސްވެރިޔާ ބުނޭ.
00:18

މުޒާހަރާގެ ބައިވެރިންނަށް ކާން ދިނުމަށް ޕިކަޕެއްގައި ވެސްޓްޕާކް ކައިރިއަށް ގެންގޮސްފައިވާ ބަތް ޕާރުސަލްތަކަޢް ބަޔަކު އަރައިގަނެ އުކާލައިފި. ޕެކެޓްތައް އުވާލީ އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް ކަމަށް މީހުން ބުނޭ. އެކަމަކު އެމްޑީޕީގެ މައި ހަރުގެއިން ވަނީ އެޕާޓީގެ އެއްވެސް އެކްޓިވިސްޓަކުން މިރޭ މަގުމައްޗަށް ނުކުތުމަށް ގޮވާލާއި ހިފަހައްޓާފައި.
00:01މާރުކޭޓް ސަރަހައްދުން

މާރުކޭޓް ސަރަހައްދުން ހުރިހާ އެންމެން ފައްސާލައިފި. މިހާރު އެއްވެސް މީހަކު ފެންނާކަށް ނެތް. ފުލުހުން ގެންދަނީ އެ ސަރަހައްދު ސާފު ކުރަމުން
23:54

ޖުމްހޫރީ ޕާޓީން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ކަމަށް ޕާޓީގެ ކައުންސިލުން ނިންމައި އެކަން އިއުލާންކޮށްފި.
23:53

މިވަގުތު ވެސް މުޒާހަރާ އޮތީ މަސްމާރުކޭޓް ސަރަހައްދުން ކަރާ މާރުކޭޓާ ހަމައަށް ފަހަތަށް ޖައްސާފައި. ފުލުހުން ތިބީ ތަންކޮޅެއް ފަހަތުގައި.
23:48އެމްޑީޕީގެ މައި ހަރުގެއިން

އެމްޑީޕީގެ މައި ހަރުގެ ތެރެއިން ޕާޓީގެ އެކްޓިވިސްޓުންތަކެއް މަގުމައްޗަށް، މުޒާހަރާއަށް ނުކުތުމަށް މަސައްކަތް ކުރަމުން އެބަދޭ. ޕާޓީގެ ވަގުތީ ޗެއާޕާސަން މޫސާ މަނިކު ގޮވާލައްވަމުން ދަނީ އެއްވެސް މީހަކު މަގުމައްޗަށް ނުނުކުތުމަށް އަދި މަގުމައްޗަށް ނުކުންނަން ނުވާ ކަމަށް. ޖަލްސާ އަދިވެސް ކުރިޔަށް އެބަދޭ.
23:32

އިތުރު ފުލުހުން ނުކުމެފައި ވަނިކޮށް މުޒާހަރާގެ ބައިވެރިން ވަނީ މަގުމައްޗަށް ވަރަށް ގިނަ އަދަދެއްގެ ކުނި އަޅާފައި. ކުނި އަޅާފައި ވަނީ އެސަރަހައްދުގައި ހުރި ކުނި ޑަސްބިންތައް އޮއްސާލައިގެން. އަދި ލޯކަލް މާރުކެޓް ސަރަހައްދަށް ޖަމާކޮށްފައި ހުރި ކުނިތައް ނެރެގެން. ކުނީގެ އިތުރުން ދަގަނޑުވެސް މަގުމައްޗަށް ނެރެފައި އެބަހުރި.
23:31

ޑީއާރްޕީގެ ކައުންސިލް މެންބަރު ޝަރީފު ވަނީ ފުލުހުން ހައްޔަރުކޮށްފައި. އިތުރު ފުލުހުން ވެސް ވަނީ މުޒާހަރާގެ ތެރެއަށް ވަދެ ހަރަކާތްތެރިވާން ފަށާފައި.
23:29

ފުލުހުންގެ ޝީލްޑަކުން ޖެހި މީހަކަށް ވަރަށް ބޮޑަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފި. މަންޒަރު ދުށް މީހުން ބުނަނީ އެމީހާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު ވަރަށް ގިނަ އަދަދަކަށް ލޭ އޮހޮރިފައިވާ ކަމަށް.
23:28އަލްހާން ފަހުމީ: އެމްޑީޕީގެ ހަރުގެއިން

އަލްހާން، އެމްޑީޕީ ހަރުގޭގައި: މިރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ދީނީ އިލްމުވެރިން އެއް ފަހަރާ އެކަކަށް ބައިއަތު ހިފާފައި ވަނީ ރައީސް މުހައްމަދު ނަޝީދަށް.
23:26މާރުކޭޓް ސަރަހައްދުން

މާރުކޭޓް ތެރެއިން ނެރެގެން ފުލުހުންނާ ދިމާއަށް ބިސް އުކަމުން އެބަދޭ. ބިސް ޓްރޭ ހުރި ގޮތަށް ވެސް ފުލުހުންނާ ދިމާއަށް ހުރައިލަމުން އެބަދޭ، އެކި ދިމަ ދިމާއިން ބިސް އުކަމުން ދަނީ
23:23

އަލިފާން ރޯކޮށްލާފައި އޮތް އެއްޗެއް ވެސް އެއްލައިފި. އަލިފާން ރޯކޮށް އެއްލާފައި ވަނީ ރޯވާ ޒާތުގެ އެއްޗެއް އަޅާފައިވާ ފުޅިއެއް. އަލިފާން ރޯކުރި ފުޅި ފުލުހެއްގެ ގައިގައި ޖެހި ރޯވެއްޖެ.
23:20މާރުކޭޓް ސަރަހައްދުން

ކަރުނަ ގޭސް ޖަހައި މުޒާހަރާ ބައިބައި ކޮށްލައިފައިވީނަމަ ވެސް އަދި ބައެއް މީހުން މާރުކޭޓް ސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަދޭ. ދޭދި ދެންމެއަކު ވަނީ އާންމުންގެ ތެރެއިން އެއްލި ގާބުރިއަކުން ޖެހި ފުލުހަކަށް އަނިޔާވެފައި. އަނިޔާވި ފުލުހަކީ ފުލުސް މީޑިއާގައި މަސައްކަތް ކުރާ ފުލުހެއް ކަމަށް ބުނޭ
23:15މުޒާހަރާގެ ތެރެއިން

މުޒާހަރާގެ ބައިވެރިން ފަހަތުން ފުލުހުން ދުވަން ފަށައިފި. ފުލުހުންނާ އާންމުނާ ދެމެދު ދޭތެރެ ދޭތެރެއިން ހަމަނުޖެހުންތައް އެބަ ހިނގާ. މަސްމާރުކޭޓް ސަރަހައްދުން ފުލުހުންނާ ދިމާލަށް ފުޅިއާއި ތަރުކާރީފަދަ ތަކެތި އުކަމުން އެބަދޭ.
23:08މަސްމާރުކޭޓް ސަރަހައްދުން

މުޒާހަރާ ބައިބައިވެއްޖެ. މާރުކޭޓް ސަރަހައްދުގެ އެކި ގޯޅިތަކުގައި މުޒާހަރޭގެ ބައިވެރިން ދަނީ ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުން. ފުލުހުން އަދިވެސް ނަސޭހަތް ތެރިވަމުންދަނީ އެ ސަރަހައްދު ދޫކޮށްދިއުމަށް.
މުންދުމުހައްމަދު ހުސައިން ޝަރީފު (އެސްއެމްއެސް މެދުވެރިކޮށް)

މުހައްމަދު ހުސައިން ޝަރީފު (އެސްއެމްއެސް މެދުވެރިކޮށް): އިދިކޮޅު މުޒާހަރާތަކުގެ ދެވަނަ ހަފުތާއަކަށް އެޅުމާއެކު ރާއްޖޭގެ ހަލަތު އަލުން ބައިނަލް އަގުވާމީ ފަރާތްތަލަށް މުރާޖާކޮށްދީ މައުލޫމާތު ހިއްސާކުރުމަށް ޕްރޮގްރެސިވް ޕާޓީން މިރޭ އަނެއްކާވެސް ސްރީލަންކާއަށް ދަތުރެއް ފަށައިފި. މި ދަތުރުގައި ކޮލަމްބޯއަށް ވަޑައިގަންނަވާނީ ޕީޕީއެމްގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު، އޭނާ ވިދާޅުވީ މި ދަތުރުގައި ކުރިން ބައްދަލު ނުކުރެވިވާ ބޭރުގެ ޑިޕްލޮމޭޓުންނާނާ ބައްދަލުކުރާނެ ކަމަށް. އަދި ނިއުސްކޮންފަރެންސެއް ބޭއްވުމުގެ އިތުރުން ރާއްޖޭގެ މުޅި ހާލަތު ބަދަލުވެފައިވާ ގޮތް އަލުން މުރާޖާކޮށް މައުލޫމާތު ދެއްވާނެ ކަމަށް.
މުޒާހަރާގެ ދެވަނަ ހަފުތާއަކަށް އެޅިފައިވާއިރު ކަން ހިނގާފައިވާ ގޮތާ ރައީސް ނަޝީދު އަލަށް ދައްކަވާފައިވާ ވާހަކަފުޅުތަކުގެ މައުލޫމާތު އަޅުގަނޑު ހިއްސާ ކުރާނަން. ހާއްސަކޮށް ޑިޕްލޮމޭޓުންނާއެކު ބައްދަލުވެ އަދި ވަރަށް ބޮޑު ނޫސްކޮންފެރެންސެއް ވެސް ބާއްވާނަން،
22:57ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު، ހަރުގޭގައި

ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު، ހަރުގޭގައި: ސަރުކާރުން ގާނޫނީ އިމުން ބޭރުން އަމަލުކުރަމުންދާ ކަމަށް ބުނެ ވިޔަފާރިވެރިން ސަރުކާރަށް ދައްކާ ޓެކްސްތައް މިވަގުތަށް މަޑުޖައްސާލުމަށް ދިވެހި ވިޔަފާރިވެރިންގެ ޖަމްއިއްޔާ އިން ވިޔަފާރިތަކަށް ގޮވައިލި ގޮވާލުމަކީ ގާނޫނޫލް އުގޫބާތުގެ 88 (ހ) ގެ ދަށުން ދައުވާ ކުރެވޭނެ ގޮވާލުމެއް. އެކަން ތަހުގީގުކޮށް ދައުވާ ކޮށްދޭން ޖެހޭނެ.
22:53މާރުކޭޓް ސަރަހައްދުން

މުޒާހަރާގެ ތެރެއަށް ކަރުނަ ގޭސް ޖަހައިފި. އެ ސަރަހައްދުގައި ތިބި ނޫސްވެރިން ބުނަނީ ވަރަށް ގިނަ އަދަދަކަށް ގޭސް ޖަހާފައިވާ ކަމަށާއި މުޒާހަރާގެ ތެރޭގައި މިވަގުތު ތިބި މަދު މީސްކޮޅު ވެސް އެކި ސަރަހައްދުތަކަށް ދުވަމުންދާ ކަމަށް.
22:45

ވިއްސިވިހާލިވެފައިވާ މުޒާހަރާގެ ބައިވެރިންގެ ތެރެއިން ދެންމެ ވަނީ މީހަކު ހައްޔަރުކޮށްފައި. ފުލުހުން ގެންދަނީ ސަރަހައްދު ސާފުކުރުމަށް މަސައްކަތް ކުރަމުން.
22:28މުޒާހަރާތަކާ ގުޅިގެން ފުލުހުން ނެރުނު ބަޔާން:

މާލޭގައި ކުރެވެމުންމިދާ ސިލްސިލާ މުޒާހިރާތަކުގެ ސަބަބުން މާލޭގެ އަމަން އަމާންކަން ގެއްލި، މި މުޒާހިރާ ތަކާއި ގުޅިގެން ޢާއްމު ރައްޔިތުންނަށާއި ފުލުހުންނަށާއި ނޫސްވެރިންނަށް ބޮޑެތި އަނިޔާތައްލިބި، ރައްޔިތުންގެ ގެދޮރަށާއި، މުދަލަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން ނެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން މުޒާހިރާ ކުރުމާއި އެއްވުންތައް ބޭއްވުމުގައި އެހެން ފަރާތްތަކުގެ މަދަނީ އަދި އިޖުތިމާއީ ޙައްޤުތަކަށް ރައްކާތެރިވެ އާންމު ރައްޔިތުންނަށް ދަތި ނުވާނޭ ހުސް ބިން އޮންނަ ސަރަޙައްދުތައް ބޭނުން ކުރެއްވުމަށް އިލްތިމާސް ކުރަމެވެ.

މިއާއި ޚިލާފަށް މާލޭގެ މަގުތަކަށް އެއްވެ އާންމު ރައްޔިތުންނަށް ދަތިކޮށް އެހެން ފަރާތްތަކުގެ ޙައްޤުތަކަށް އަރައިގަނެ މުޒާހިރާކުރުމުގެ ގޮތުން ހިންގާ އެންމެހައި ޙަރަކާތްތައް ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ވާހަކަ ދަންނަވަމެވެ.

22:26ހަރުގެއިން

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް އަހުމަދު އަދީބު ޓެކްސް ދެއްކުން ހުއްޓާލުމަށް ގޮވާލައްވާ ގޮވާލެއްވުން ހުއްޓާނުލާ ނަމަ 15 ދުވަހުގެ ތެރޭގައި އޭނާ މަގާމުން ވަކި ކުރާނެ ކަމަށް ރީކޯ މޫސަ ވިދާޅުވެއްޖެ
22:22މާރުކޭޓް ސަރަހައްދުން

މުޒާހަރާގެ ބައިވެރިންގެ ތެެރެއިން ނެވިގޭޝަން ފްލޭޝްއެއް ދޫކޮށްލައިފި. މުޒާހަރާ ކުރާ އިތުރު ބަޔަކު އައިސް ފުލުހުންގެ ސަފުގެ ތެރެއަށް ވަދެއްޖެ.
22:21އެމްޑީޕީގެ ހަރުގެއިން:

އިދިކޮޅު ފަރާތްތަކުން ކުރާ މުޒާހަރާ އެއްގަޑި އިރުގެ ތެރޭގައި ހުއްޓާލުމުގެ އިންޒާރު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ ދެއްވައިފި.
22:19

މިރޭގެ މުޒާހަރާގައި މައިގަނޑުކޮށް ގޮވަނީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް. އަދި ގާނޫނީ ހައިސިއްޔަތެއް ނެތްކަމަށް.
22:15އެމްޑީޕީ ހަރުގެއިން

އަބްދުﷲ ގާޒީ ކޯޓަށް ވަދެއްޖެ ނަމަ އެމްޑީޕީ ބަލިވީ. އެމްޑީޕީ ބައްޔެއް ނުވާނެ: އަލީ ވަހީދު
22:08

ފުލުހުންނާއި މުޒާހަރާގެ ބައިވެރިންގެ މެދުގައި ކުރިމަތިލުން ހިނގަން ފަށައިފި. ފުލުހުން ބާރުގެ ބޭނުން ކުރަން ފެށުމުން މުޒާހަރާގެ ތެރެއިން ބައެއް ތަކެތި ފުލުހުންނާ ދިމާލަށް އުކަން ފަށައިފި.