ކޮވިޑް19 އަށް ޕޮޒިޓިވްވި މީހަކު ފެނުމާ ގުޅިގެން މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވާ މ ކޮޅުފުށީގެ މޮޮނީޓަރިން އުވާލައިފި އެވެ.

ކޮޅުފުށި މޮނީޓަރިން އަށް ލާފައިވަނީ އެރަށުގައި ހޯމް ކަރަންޓީނު ފުރިހަމަ ކުރި މީހެއް، ކަރަންޓީނު ނިންމާ ނެގި ސަމްޕަލް ނެގެޓިވް ވުމަށްފަހު، މަލެ އައިފަހުން ނެގި ސާމްޕަލެއް ފޮޒިޓިވް ވުމުން ނެވެ.

އޭނާ އާއި ގުޅުންހުރި މީހުންގެ ކޮންޓެކްޓް ޓްރޭސިން ެދުމަށް ރަށް މޮނީޓަރިން އަށް ލާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.

ކޮޅުފުށީގެ މޮނީޓަރިން އުވާލާފައިވަނީ އެރަށް މޮނީޓަރިން އަށް ގެންދިޔަ ކަންތައްައް ބަލައި ނިމުމުން ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ އެ ރަށު ކައުންސިލަށް ފޮނުވި ލިޔުމުގައި ވެއެވެ.

ކޮޅުފުށިން މާލެ އައި މީހާ އާއި ގުޅުން އޮތް އިތުރު ބަޔަކުވެސް އެރަށުން ވަނީ ޕޮޒިޓިވް ވެފައެވެ. ކޮޅުފުށި މޮނީޓަރިންގައި އޮތް ދުވަސްތަކުގައި އެރަށުގައި އުޅެ ރައްޔިތުންގެ ތެރެއިން ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ޖެންޑާ ،މިނިސްޓްރީ އިން ވަނީ ކެއާ ޕެކޭޖުވެސް ފޮނުވައިފަ އެވެ.