ފުވައްމުލައް ސިޓީ އިން ކޮވިޑް 19 އަށް ޕޮޒިޓިވްވިި މީހުންގެ ޖުމްލަ 9 އަކަށް އަރައިފި އެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު މިރޭ "ސަން" އަށް ވިދާޅުވީ އިއްޔެ ނެގި ސާމްޕަލްތަކުންް ޕޮޒިޓިްވި މީހާ އާ ގުޅުން ހުރި ބަޔަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ފުވައްމުލަކުން އިއްޔެ ފޮޒިޓިވް ވީ، އޭގެ ކުރިން އެރަށުގައި ހޯމް ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި މީހަކާ ގުޅުންހުރި މީހެކެވެ. ހޯމް ކަރަންޓީނުގައި ހުއްޓާ މީގެ ކުރިން ޕޮޒިޓިވް ވެފައިވަނީ ދުބާއީ އިން އައިސް ހުރި މީހެކެވެ.

"ހަތްވަަނަ ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގައި ފާހަގަވި މީހުންނާއެކު މިއަދު އަށެއް މި ޕޮޒިޓިވްވީ. އެއީ ދުބާއީ ކްލަސްޓާ އާއި ގުޅުން ހުރި މީހުންގެ ތެރެއިން މިއަދު 20 ސާމްޕަލެއް ނަގައި ޓެސްޓު ކުރި އިރު އަށެއް މި ޕޮޒިޓިވްވީ،" އަހުމަދު ސައީދު ވިދާޅުވި އެވެ.

ފުވައްމުލަކުގައި އާދިއްތަ ދުވަހު ރެންޑަމް ސާމްޕަލްގެ ގޮތުގައި 150 ސާމްޕަލް ނެގިއިރު، އޭގެ ތެރެއިން ޕޮޒިޓިވްވީ އެކަކު އެވެ. އޭނާ އަކީ ދުބާއީ އިން އައިސް ހުއްޓާ ޕޮޒިޓިވްވި މީހާ އާ ގުޅުންހުރި މީހާ އެވެ.

ބަލި ފެތުރުން ކޮންޓްރޯލުކޮށް ރައްކާތެރިވުމުގެ ގޮތުން ފުވައްމުލަކުގައި ސްކޫލުތައް ބަންދުކޮށް، އެގެއިން އަނެއް ގެއަށް ދިޔުން ވަނީ މަނާކޮށްފައެވެ.