10 Feb 2021, 22:02
ރާއްޖެއިން އިތުރު 100 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭ އިން އާންމުކުރި ހިސާބުތަކަށް ބަލާއިރު އިއްޔެގެ ހަވީރު ހަޔަކުން މިއަދު ހަވީރު ހަޔަކަށް ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިިޓިވް ވި 75 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 10 މީހެއްގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 15 މީހެކެވެ.
މިއާއެކު ރާއްޖޭގައި މިވަގުތު ކޮވިޑް 19 އަށް ފަރުވާ ހޯދާ މީހުންގެ ޖުމްލަ ވަނީ 2،160 އަށް އަރައިފައެވެ. އޭގެ ތެރެއިން 214 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.
ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ޖުމްލަ މިހާރު 17،201 އަށް އަރާފައިވާއިރު 56 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.
ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 14،978އެވެ. މިދިޔަ 24 ގަޑިއިރު ތެރޭ 156 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.