ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ ޑިޕާޓްމަންޓުން ކާމިޔާބުކަމާއިއެކު ލެޕަރޮސްކޮޕިކް އޮވޭރިއަން ސިސްޓެކްޓޮމީ އޮޕަރޭޝަނެއްކޮށް އާދަޔާ ހިލާފު ބޮޑު ސިސްޓެއް ނަގައިފި އެވެ.

މި މަހުގެ ދެވަނަ ދުވަހު ޓްރީ ޓޮޕް ހޮސްޕިޓަލުން މި އޮޕަރޭޝަން ކޮށްފައިވަނީ 13 އަހަރުގެ އަންހެން ކުއްޖެކެވެ.

އޮވޭރިއަން ސިސްޓެކްޓޮމީއަކީ އޯވަރީގައި އުފެދޭ ސިސްޓު ނުވަތަ ބައިވަރު ސިސްޓުތަކެއް ނެގުމަށް ކުރާ ސާޖަރީއެކެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރި މި ސާޖަރީގައި ބައިވެރިވި ޓީމުން ވަނީ ކީހޯލް ޕްރޮސީޖާއެއް މެދުވެރިކޮށް، ތިން ތަނުން 0.5 މިލިމީޓަރަށް ކަފާލައިގެން 25-23 ސެންޓިމީޓަރުގެ ބޮޑު ސިސްޓެއް ނަގާފަ އެވެ.

އެ ސާޖަރީގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ތަޖުރިބާކަރު އަންހެނުންގެ ހާއްސަ ޑޮކްޓަރު އަދި ލެޕަރޮސްކޯޕިކް ސާޖަން ޑރ. ވަރުޝާ ރެންގަރާޖް އެވެ. އަދި ސާޖަރީ ކުރަން އެހީތެރިވެދިނީ އަންހެނުންގެ ހާއްސަ ޑޮކްޓަރު ޑރ. މަހުމޫދު އަބޫބަކުރުއާއި ކޮންސަލްޓެންޓް އައިސީޔޫ އެންޑް އެނަސްތީސިއާ ޑރ. ބިޝްނޫ ކެސާވަން އަދި އޮޕަރޭޝަން ތިއޭޓަރުގެ ހުނަރުވެރި ނަރުހުންގެ ޓީމެކެވެ.

”އާއްމުކޮށް ކުރެވޭ އޮޕަރޭޝަންތަކާ ޚިލާފަށް މި އޮޕަރޭޝަނަކީ ބަލިމީހާއަށް ބޮޑު ތަދެއް އިޙްސާސް ކުރަން ނެޖެހި، އަވަހަށް ރަނގަޅުވެ އާއްމު ދިރިއުޅުން އެންމެ އަވަހަށް އިޔާދަ ކުރެވޭފަދަ އޮޕަރޭޝަނެކެވެ." މި އޮޕަރޭޝަންގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޑރ. ވަރްޝާ ވަނީ ވިދާޅުވެފައެވެ.

ސާޖަރީގައި ހަރަކާތްތެރިވި ޑޮކްޓަރުން

ޓްރީ ޓޮޕް ހޮސްޕިޓަލުން އަންހެނުންގެ ހާއްސަ ބަލިތަކަށް ފަރުވާދިނުމަށް ކުރެވޭ ލެޕަރޮސްކޯޕިކް ސާޖަރީތަކުގެ ތެރޭގައި ރަހިމު ނެގުމާއި ރަހިމުގައި އުފެދޭ ސިސްޓް އަދި ފައިބްރޮއިޑް ނެގުން ހިމެނެއެވެ. މީގެ އިތުރުން، ލެޕަރޮސްކޯޕިކް އެންޑޯމެޓްރިއޯސިސް ސާޖަރީ، ޓިއުބަލް ބްލޮކް ރަގަނޅުކުރަން ހަދާ ހިސްޓެރެކްޓޮޕިކް ކެނޫލޭޝަން، އަދި ޕޮލިޕް ނަގަން ހަދާ ހިސްޓެރޮސްކޯޕީ ވެސް ހިމެނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރާ ސާޖަރީތަކާއި ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކުގައިވެސް ބޭނުންކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

އިތުރު މައުލޫމާތު އަދި އެޕޮއިންޓްމަންޓް ހެއްދެވުމަށް 3351610 ގުޅުއްވާ ނުވަތަ[email protected]އަށް އީމެއިލް ކުރެއްވުން އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.