ކަޕޫރު ޚާންދާންނަށް ނިސްބަތްވާ ކުޅަދާނަ އެކްޓަރު ރާޖީވް ކަޕޫރު މަރުވެއްޖެ އެވެ.

އިއްޔެގެ ވަގުތެއްގައި އޭނާ މަރުވެފައިވާއިރު އޭނާ މަރުވިއިރު އުމުރަކީ 58 އަހަރެވެ. ރިޝީ ކަޕޫރާ ރަންދީރް ކަޕޫރުގެ ކޮއްކޮ ރަޖީވް މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.

ރަޖީވް މަރުވުމާ ގުޅިގެން ބޮލީވުޑްގެ ގިނަ ތަރިންނެއް ހިތާމަފާޅުކުރަމުން އަންނައިރު އޭނާގެ އާއިލާއަށް ގިނަ ބަޔަކު އަންނަނީ ތައުޒިޔާ ކިޔަމުންނެވެ. ރަޖީވް އަކީ ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ ރަންބީރު ކަޕޫރު، ކަރިޝްމާ ކަޕޫރު އަދި ކަރީނާ ކަޕޫރުގެ ބޮޑު ބޭބެ އެވެ.

ރަޖީވް ގެ މުޅި ހަޔާތުގައި ވެސް ކުރީ އެންމެ ކައިވެންޏެކެވެ. ރަޖީވް އާއި އާރްތީ ސަބަރްވާލް އާ ކައިވެނިކުރީ 2001 ވަނަ އަހަރު އެވެ. އަދި ކައިވެނި ރޫޅުނީ 2003 ވަނަ އަހަރު އެވެ.

އޭނާ ކުޅުނު އެންމެ މަޝްހޫރު ފިލްމަކީ "ރާމް ތޭރީ ގަންގާ މޭލީ"' އެވެ.