31 Jan 2012, 15:57
ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާގައި ރޭ ހައްޔަރު ކުރި ހަތް މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލު ހަސަން ހަނީފު މިއަދު ވިދާޅުވީ ރޭ މާލޭގެ އެކި ސަރަހައްދުތަކުގައި ކުރި މުޒާހަރާއާ ގުޅިގެން ހައްޔަރު ކުރި ހަތް މީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައިވާ ކަމަށެވެ.
މީޑިޔާ އޮފިޝަލް ވިދާޅުވީ ރޭ ކުރި މުޒާހަރާގައި ފުލުހުންނަށް ނުކިޔަމަންތެރިވެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އެންމެވެސް މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ކަމަށެވެ.
މީގެ އިތުރުން ރޭ ކުރި މުޒާހަރާގައި ފުލުހުނަށާއި އާންމުންނަށް އެކި ވަރުގެ އަނިޔާވެފައިވާ އިރު އާންމުންގެ މުދަލަށާއި ތަކެއްޗަށް ގެއްލުންތައް ލިބިފައިވާ ކަމަށް ހަނީފު ވިދާޅުވި އެވެ.
އިދިކޮޅު ސިޔާސީ ޕާޓީތައް އިސްކޮށް ތިބެގެން މެދެކެނޑުމެއްނެތި 15 ވަނަ މުޒާހަރާ ރޭ ކޮށްފައިވާއިރު ކޮންމެ ރެއަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެންދާކަން ފާހަގަ ކޮށްލެވެ އެވެ.