ގއ. މާމެންދޫގައި ރޭ ޒުވާނަކު މަރާލި މާރާމާރީއާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް އަދި 18 އަހަރުގެ މީހެއް ކަމަށެވެ. އެ އެންމެންނަކީ ވެސް ދިވެހިން ކަމަށް ވެސް ބުންޏެވެ.

އެ އެންމެން ވެސް ހައްޔަރު ކުރީ ރޭގެ ވަގުތެއްގަ އެވެ.

ރޭ 11:30 އެހާއިރު މޭމެންދޫގައި ހިންގި ގުރޫޕު މާރާމާރީއެއްގައި މަރާލާފައި ވަނީ މާމެންދޫ، ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، އެވެ.

އެ މާރާމާރީގައި އޭނާގެ ބޭބެ ފިރުޝާން ޒާހިރު 21 އަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބި ހާލު ސީރިއަސްވެފަ އެވެ. ގއ. ވިލިނގިއްޔަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު ހާލު ސީރިއަސްކަމުން އިތުރު ފަރުވާއަށް އޭނާ މިހާރު ވަނީ ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.