08 Feb 2021, 23:49
ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ކުއްޖަކު މަރާލައިފި އެވެ.
ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފް އަހްމަދު "ސަން" އަށް ވިދާޅުވީ އެ ހޮސްޕިޓަލަށް މިރޭ 11:13 އެހައިކަންހާއިރު އެ ކުއްޖާ ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ.
ގްރޫޕްމާރާމާރީގައި ލިބުނު ޒަޚަމްތަކާ ގުޅިގެން މަރުވެފައި ވަނީ ގއ. މާމެންދޫ، ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، އެވެ.
"އެ ކުއްޖާގެ ބުރަކަށީގެ އެކި ތަންތަނަށް ވަނީ ތޫނުއެއްޗަކުން ހަމަލާދީފައި،" ޝަރީފް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިރޭ 22:10 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެ މާރާމާރީގައި ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި 21 އަހަރުގެ މީހަކަށް ފަރުވާދެމުން އަންނަ ކަމަށް ވެސް ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފް އަހްމަދު ވިދާޅުވި އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި މަރުވި ކުއްޖާ އާއި މިހާރު ފަރުވާދެމުންދާ މީހާ އަކީ ދެބެއިންނެވެ.