ރާއްޖެއިން މިއަދު 126 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 98 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 19 މީހުންނާއި ހިންގަމުން އަންނަ ރިސޯޓުތަކުން ޕޮޒިޓިވްވި ނުވަ މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 16،909އަށް ވަނީ އަރާފަ އެވެ.

މިވަގުތު ބަލިޖެހިފައި ތިބި 2،075 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 204 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުތަކުގަ އެވެ.

މިއަދު 168 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 14،772 އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 55 މީހަކު ވަނީ މަރުވެފަ އެވެ.