08 Feb 2021, 15:46
ކޮވިޑް19ގެ ކޭސްއަކާ ގުޅިގެން އަރާ ފޭބުން މަނާކޮށްފައިވާ ގދ. ތިނަދުއިން ނެގި ރޭންޑަމް ސާމްޕަލްއެއް ޕޮޒިޓިވްވެއްޖެ އެވެ.
ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު އަހްމަދު ސައީދު މިއަދު "ސަން"އަށް ވިދާޅުވީ، މިހާތަނަށް 400އަށްވުރެ ގިނަ ރޭންޑަމް ސާމްޕަލް އެރަށުން ނަގާފައިވާ ކަމަށެވެ.
"މިހާތަނަށް ޕޮޒިޓިވްވީ އެކަކު،" ސައީދު ވިދާޅުވި އެވެ.
ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު "ސަން"އަށް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އެއްވެސް ރަށަށް ދަތުރުކޮށްފައިވާ މީހެއް ނޫން ކަމަށެވެ.
މިއަދު ޕޮޒިޓިވްވި މީހާއެކު ތިނަދުއިން މިހާތަނަށް ޖުމްލަ ދެ މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
އައްޑޫ ސިޓީ، ހިތަދުއިން ޕޮޒިޓިވްވި މީހަކާ ކޮންޓެކްވި ތިނަދޫގައި ހުރި މީހަކު ޕޮޒިޓިވްވެގެން ތިނަދޫ މޮނީޓަރިންގެ ހާލަތައް ގެނައީ އިއްޔެ އެވެ.
އައްޑޫ ސިޓީން މިހާތަނަށް 40 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.