08 Feb 2021, 14:38
ފަތުރުވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ކަރަންޓީނު ކުރުމަށް ރިސޯޓެއް ހޯދަން ޓޫރިޒަމް މިނިސްޓްރީ އިން އިއުލާނު ކޮށްފިއެވެ.
އެ މިނިސްޓްރީ އިން ކުރި އިއުލާނު ކުރި އިއުލާނުގައި ބުނީ ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ފަތުރުވެރިން އަދި އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީނު ކުރުމަށާއި އައިސޮލޭޓް ކުރުމަށް ރިޒޯޓް ފެސިލިޓީއެއް ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދި ކޮންޓްރެކްޓް ޓްރޭސިން ގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަވާ ފަތުރުވެރިން އަދި މުވައްޒަފުން މި ރިޒޯޓް ފެސިލިޓީތަކުގައި އައިސޮލޭޓް އަދި ކަރަންޓީން ކުރާގޮތަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
ފަތުރުވެރިންނާއި އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ރިޒޯޓް ފެސިލިޓީއެއް ހަމަޖައްސައި، ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 22 ފެބުރުވަރީ ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލައިފައެވެ.
ފަތުރުވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ކަރަންޓީނު ކުރުމަށް ހުޅުމާލެއިން ތިން ގެސްޓްހައުސް ހޯދަންވެސް މިނިސްޓްރީ އިން ވަނީ މީގެ ކުރިން އިއުލާނު ކޮށްފައެވެ.