މަގު ހުރަސްކުރަނިކޮށް މީހެއްގެ ގައިގައި ސައިކަލަކުން ޖެހި މާލޭގައި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން މިއަދު ބުނީ، ޗާންދަނީ މަގު އަސްރަފީ ބުކްޝޮޕް ކައިރިން މަގު ހުރަސް ކުރަން އުޅުނު 34 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިންގާފައިވާކަމުގެ މައުލޫމަތު ލިބިފައިވާ ކަމަށެވެ.

ސައިކަލު ދުއްވަން އިނީ ލައިސެންސް އޮތް 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ 11:51ގައި ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި އަނިޔާ ލިބުނު މީހާ އެމްބިއުލާންސުގައި ގެންދިޔައީ އައިޖީއެމްގަ އެވެ. އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި އެނގިފައި ނުވެ އެވ.ެ

އެ މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.