ރާއްޖެއިން މިއަދު 127 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 92 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 15 މީހުންނާއި ހިންގަމުން އަންނަ ރިސޯޓުތަކުން ޕޮޒިޓިވްވި 13 މީހުންނާއި ތަރައްގީކުރަމުން އަންނަ ރިސޯޓުތަކުން ޕޮޒިޓިވްވި ހަތް މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 16،783އަށް ވަނީ އަރާފަ އެވެ.

މިވަގުތު ބަލިޖެހިފައި ތިބި 2،117 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 207 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުތަކުގަ އެވެ.

މިއަދު38 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 14،604 އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 55 މީހަކު ވަނީ މަރުވެފަ އެވެ.