07 Feb 2021, 19:33
"ހިޔާ" މަޝްރޫއުގެ ކެޓަގަރީތައް ދިރާސާކޮށް ނެރެފައިވާ ވަގުތީ ލިސްޓްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކަށް ޝަކުވާގެ ޖަވާބު ނުލިބޭނަމަ އެކަން އަންގައިދިނުމަށް ފްލެޓް ކޮމިޓީން އެދިއްޖެ އެވެ.
ފްލެޓް ކޮމެޓީން ބުނީ ޝަކުވާއަށް ހުޅުވާލި މުއްދަތުގައި ހުށަހެޅި ހުރިހާ ޝަކުވާއެއް ކޮމިޓީއިން ދިރާސާކޮށް، ޝަކުވާ ހުށަހެޅި ހުރިހާ ފަރާތްތަކަށް ޝަކުވާގެ ޖަވާބު ލިޔުމުން އީމެއިލް ކޮށްފައިވާނެ ކަމަށެވެ.
ނަމަވެސް ބައެއް ފަރާތްތަކުން ދީފައިވާ އީމެއިލް އެޑްރެސްއަށް ފޮނުވާ އީމެއިލް ޑެލިވާނުވާކަން ފާހަގަވެފައިވާ ކަމަށް ކޮމިޓީން ބުންޏެވެ.
އެހެންކަމުން ޝަކުވާ ހުށަހެޅި އެއްވެސް މީހަކަށް މިހާތަނަށް ލިޔުމުން ޖަވާބު ލިބިފައިނުވާނަމަ، އެފަރާތެއްގެ އައިޑީކާޑު ނަންބަރު އަދި އީމެއިލް އެޑްރެސް، މާދަމާ، 15:00ގެ ކުރިން 7761108 ނުވަތަ 7226016 އަށް މެސެޖްކޮށްދިނުމަށް އެދޭ ކަމަށް އެ ކޮމިޓީން ބުންޏެވެ.