ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރުމުން ޑިސްކައުންޓް ލިބޭ ޕްރޮގްރާމެއް ފަށައި، އެކަމަށް ހާއްސަ "އޮފާސް ޕޯޓަލް"އެއް ތައާރަފްކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުގެ މާޗެންޓުންނާ ގުޅިގެން ކުރިއަށްގެންދާ އެ ޕްރޮގްރާމުގައި ބީއެމްއެލް ކާޑު ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

ލިސްޓު ކޮށްފައިވާ ވިޔަފާރިތަކުގެ ތެރޭގައި ރީޓެއިލް ފިހާރަތަކާއި، ރެސްޓޯރަންޓް، ފަރުނީޗަރު އަދި ހެދުން ވިއްކާ ފިހާރަތަކާއި ކޮސްމެޓިކްސް ފިހާރަތަކުގެ އިތުރުން ގިނަ ފިހާރަތަކެއް ހިމެނެ އެވެ.

ބީއެމްއެލް އޮފަރ ޕޯޓަލްއާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެވެބްސައިޓުންލިބޭނެ އެވެ.