31 Jan 2012, 10:52
މިސީޒަން ނިމުމުން އިނނިގިރޭސި ކުލަބަކަށް ކުޅެން ބޭނުންވާ ކަމަށް ފްރާންސްގެ ލިލޭ އަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރު އެޑެން ހެޒާޑް ބުނެފި އެވެ.
އުމުރުން ވިހި އަހަރުގެ ބެލްޖިއަމް ފޯވާޑް ހެޒާޑް ހޯދުމަށް ޔޫރަޕުގެ ބޮޑު ކުލަބުތަކަކުން މަސައްކަތް ކުރަމުން ދެ އެވެ. އެގޮތުން ޖަރުމަނުގެ ބެޔާން މިއުނިކާއި އިޓަލީގެ އިންޓަމިލާނާއި އިނގިރޭސި ވިލާތުގެ އާސެނަލްގެ އިތުރުން ޗެލްސީ އިން ވެސް ހެޒާޑް ހޯދުމަށް މަސައްކަތް ކުރަމުން ދެއެވެ.
"އަހަރެން މިހާރު ފްރާންސް ލީގުގައި 100 އަށް ވުރެ ގިނަ މެޗު ކުޅެފިން. ފްރާންސްގެ އެހެން ކުލަބަކަށް ބަދަލުވާކަން ބޭނުމެއް ނޫން. އަހަރެން ބޭނުމީ އެހެން ލީގެއްގެ ކުލަބަކަށް ކުޅެން. ޕީއެސްޖީ އިން އަހަރެން ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދޭ. ނަމަވެސް އެއީ ފްރާންސްގެ ކުލަބެއް. މިސީޒަން ނިމުމުން އަހަރެން ގުޅެން ބޭނުމީ އިނގިރޭސި ކުލަބަކާއި." ހެޒާޑް ބުންޏެވެ.
ބެލްޖިއަމްގެ ޒުވާން ކުޅުންތެރިންތަކެއް މިސީޒަނުގައި ޕްރެމިއާ ލީގުން ފެނިފައި ވެއެވެ. މިސީޒަންގައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކަކޫ އާއި ގޯލްކީޕަރު ތިބޯޓް ކޯޓޮއިސް ޗެލްސީ އާއި ގުޅިފައި ވެއެވެ.