ކޮވިޑް ކޭސްތަކެއް ފެނިފައިވާ ގދ. ތިނަދޫއަށް އަރާ ފޭބުން މަނާކޮށްފި އެވެ.

ތިނަދޫއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ މިމަހު ތިން ވަނަ ދުވަހު އައްޑޫ ސިޓީން އެރަށަށް ދިޔަ މީހެކެވެ.

އެ ކޭސްއާ ގުޅިގެން އެރަށް މޮނީޓަރިން ހާލަތައް ގެނެސްފައިވާކަން އެޗްޕީއޭއިން ވަނީ އެރަށަށް އަންގާފަ އެވެ.

އެރަށުން ޕޮޒިޓިވްވި މީހަކީ އައްޑޫ ސިޓީ ހިތަދުއިން ޕޮޒިޓިވްވެފައިވާ މީހެއްގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށް ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުންްޏެވެ.

ތިނަދޫގައި ރެންޑޮމް ސާމްޕަލް ނެގުމުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.