07 Feb 2021, 09:36
ކޮވިޑް-19 ޖެހިގެން ދުބާއީގައި ފަރުވާދެމުން ދިޔަ ދިވެއްސަކު ރޭ މަރުވެއްޖެ އެވެ.
އޭނާ އަކީ އެޗްޑީސީގެ ސީނިއާ ޓެކްނިކަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރާ އަހުމަދު އިޔާދު، 38 ކަން "ސަން"އަށް ވަނީ ކަށަވަރުވެފަ އެވެ. އޭނާ ދުބާއީއަށް ދިޔައީ ޗުއްޓީ ދަތުރެއްގައިކަން ވެސް އެނގިފައިވެ އެވެ.
މާ ބޮޑު އިތުރު ތަފްސީލްތަކެއް އަދި ނުލިބެ އެވެ.
ހިފެހެއްޓުންތަކެއް ނެތި މިފަހުން ޓޫރިސްޓުންނަށް ދުބާއީގައި ޗުއްޓީ ހޭދަކުރެވޭ ގޮތަށް ހުޅުވާލުމާ އެކު އެ ސިޓީން ފެންނަމުންދާ ކޭސްތައް މިހާރު ވަނީ ދުވާލެއްގެ މައްޗަށް 4،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އަދި ދުބާއީގެ ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ 290،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ.
އާ އަހަރުގެ ޗުއްޓީއާ އެކު މިފަހުން ވަރަށް ގިނަ ދިވެހިންވެސް ދުބާއީއަށް ޗުއްޓީ ދަތުރުތަކުގައި ދިޔަ އެވެ.