06 Feb 2021, 22:01
ރާއްޖެއިން މިއަދު 109 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 78 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 11 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 20 މީހުންނެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 16،656އަށް ވަނީ އަރާފަ އެވެ.
މިވަގުތު ބަލިޖެހިފައި ތިބި 2،039 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 207 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުތަކުގަ އެވެ.
މިއަދު 84 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 14،556 އެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 54 މީހަކު ވަނީ މަރުވެފަ އެވެ.