06 Feb 2021, 10:39
ފޯޖަރީގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށް، 10 ދުވަހަށް ބަންދުކޮށްފި އެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 35 އަހަރުގެ ފިރިހެނެކެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން 10 ދުވަހުގެ މުއްދަތެއް ކޯޓުން އިއްޔެ ވަނީ ދީފަ އެވެ.
ކްރިމިނަލް ކޯޓުން އެގޮތަށް ނިންމާފައި ވަނީ މައްސަލައިގެ ޒާތަށާއި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލައި، އޭނާއާ ދެކޮޅަށް އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައިވާތީ އެވެ.
އޭގެ އިތުރުން، އޭނާ އަކީ ފުލުހަކަށް ވާތީ، ހެއްކަށް ނުފޫޒުފޯރުވާފާނެ ކަމަށް ބަލައި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކްރިމިނަލް ކޯޓުގެ އަމުރުގައިވެ އެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.