19:00


އާއިލާއިން ގެއްލިގެން ހޯދަމުންދިޔަ 55 އަހަރުގެ ފިރިހެނަކު ތިން ދުވަސްފަހުން އޭނާ ދިރުއުޅޭ ގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާފަންނުގައި ހުންނަ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި އޭނާ މަރުވެފައި އޮއްވާ ފެނުނީ އެ ކޮޓަރީގެ ތެރޭގައި އޭނާ އޮތް ކަމަށް ބެލޭވޭ ކަމަށް ބުނެ އާއިލާގެ ފަރާތުން ރިޕޯޓް ކުރުމާ ގުޅިގެން ފުލުހުން އެގެއަށް ގޮސް އެ ކޮޓަރީގެ ދޮރު ވައްޓައިލައިގެން ބެލިބެލުމުން ކަމަށެވެ.


އެމީހާ ފެނުނު އިރު ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިސާނެއް ފެންނަން ނެތް ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާ މަރުވެފައިވަނީ ގުދުރަތީ މަރަކުން ކަމަށް ބެލެވޭ ކަމަށާއި އެގޭގައި އިތުރު މީހުންވެސް އުޅޭ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.