05 Feb 2021, 21:36
އިއްޔެ ފަތިހުގެ ވަގުތެއްގައި، އައިޖީއެމްއެޗް އަށް މަރުވެފައި އޮތް ބިދޭސީއަކު ގެންދިޔަ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އައިޖީއެމްއެޗް އަށް ގެންގޮސްފައި ވަނީ 20 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.
އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށާއި، އެ މައްސަލަ ފުލުހުންނަށް ހުށަހެޅި އިއްޔެ ހެނދުނު 11:00 ހާއިރު ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން ތުހުމަތުކުރެވޭ އެއްވެސް ކަމެއް ފާހަގަނުވާ ކަމަށެވެ. ނަމަވެސް މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.