04 Feb 2021, 21:07
ކޮވިޑް-19 ޖެހިގެން 84 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ ބުނީ، ކޮވިޑް-19 ޖެހިގެން މިރޭ 84 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ.
އެ މީހާ މަރުވީ، ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް، މިރޭ 8:20ގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.
މިއީ ރާއްޖެއިން ކޮވިޑް-19ޖެހިގެން މަރުވި 54 ވަނަ މީހާ އެވެ.
މިހާތަނަށް ކޮވިޑް-19 ޖެހިގެން ރާއްޖެއިން މަރުވެފައި ވަނީ ގިނައިން އުމުރުން ދުވަސްވީ މީހުންނެވެ.
މިހާރު ކޮވިޑް-19އަށް ވެކްސިން ދޭން ފަށާފައިވާއިރު، ވެކްސިން ޖެހުމުގައި އުމުރުން ދުވަސްވީ މީހުންނަށް އިސްކަން ދޭނެ އެވެ.