ކުޅުދުއްފުށީގައި އިންޑިއާގެ ނޭވީގެ ހައިޑްރޯ ސާވޭ ޓީމެއް ހަރަކާތްތެރިވަމުންދަނީ ކަރަންޓީނުވުމަށްފަހު ކޮވިޑް-19 ޕީސީއާރް ޓެސްޓު ނެގަޓިވް ނަތީޖާ ލިބުމުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެއީއޯސީ)އިން ބުނެފި އެވެ.

އިންޑިއާގެ ނޭވީގެ ހައިޑްރޯ ސާވޭ ކުރާ ފަސް މީހަކާއި އެމްއެންޑީއެފްގެ ސިފައިންގެ މީހަކު ވަނީ މިއަދު ވަނީ ކުޅުދުއްފުއްޓަށް ގޮސްފަ އެވެ. އެ މީހުން އެ ރަށުގައި ތިބޭނީ މިއަދުން ފެށިގެން މާޗް މަހުގެ 13ގެ ނިޔަލަށެވެ.

އެ މީހުން ކަރަންޓީނުވުމެއް ނެތި އަރާފައިވާތީ އެކަމާ ހެދި ބައެއް މީހުން ވަނީ ސުވާލު އުފައްދައިފަ އެވެ.

އެޗްއީއޯސީއިން ބުނީ އެ ހައިޑްރޯ ސާވޭ ޓީމަށް އެޗްޕީއޭގެ ހުއްދަ ދީފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހު ކަމަށެވެ.

އަދި އެ މީހުންނަކީ ކަރަންޓީނުވުމަށްފަހު ޕީސީއާރް ޓެސްޓު ހަދައިގެން ނެގަޓިވް ނަތީޖާ ލިބިފައިވާ މީހުން ކަމަށް އެޗްއީއޯސީއިން ބުންޏެވެ. އަދި އެ ނަތީޖާ އެޗްޕީއޭއާ ހިއްސާކޮށްފައިވާ ކަމަށް އެޗްއީއޯސީން ބުންޏެވެ.

އެ މީހުންނަކީ ރަށުގެ ކޯސްޓްލައިން ހެދުމަށްޓަކާ ރަށުގެ ދިޔަވަރު އަރާ ހިސާބު ފާހަގަ ކުރަން ސާވޭއެއް ހަދަން އެ ރަށަށް ގޮސް ތިބި ބައެކެވެ.