Last Updated:
1 decade 4 year ago

ނާއިބު ރައީސާ ދައުލަތުގެ ބާރުތައް ހަވާލުކުރުމަށް 23 ޑިސެމްބަރުގެ އިއްތިހާދުން ގޮވާލައިފި

    ބުލޮގު ޚުލާސާ
    ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާގެ 15 ވަނަ މުޒާހަރާ މިރޭ ފަށައިފި އެވެ.
    02:12

    އިއްތިހާދުގެ ފަރާތުން ވާހަކަ ދެއްކެވި ޕީޕީއެމްގެ ވަގުތީ ނާއިބު ރައީސް އުމަރު ނަސީރު ދެންމެ ވިދާޅުވީ 23 ޑިސެމްބަރުގެ އިއްތިހާދުން ނިންމީ ރައީސް ނަޝީދުގެ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށާއި ދައުލަތުގެ ސަލާމަތީ ބާރުތަކުން ނާއިބު ރައީސް ޑރ. ވަހީދާ ބައިތު ހިފުމަށް. ނަމަވެސް ނާއިބު ރައީސާ ދެއްކެވި ވާހަކަތަކުގެ ތަފުސީލު ދެވެން ނެތް ކަމަށް ވިދާޅުވި. ނަމަވެސް އުމަރު ވިދާޅުވީ ނާއިބު ރައީސް ހުންނެވީ ގާނޫނު އަސާސީ އިން ކުރައްވަން ޖެހޭ ކޮންމެ ކަމެއް ކުރައްވަން ތައްޔާރަށް ކަމަށް.
    02:08

    ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދާ ދައުލަތުގެ ބާރުތައް ހަވާލުކުރުމަށް 23 ޑިސެމްބަރުގެ އިއްތިހާދުން ގޮވާލައިފި.
    01:42

    އެމްޑީޕީ ހަރުގެ ކައިރި އަށް ސިފައިން ޖަމާވެއްޖެ.
    01:39

    ނާއިބު ރައީސާ ބައްދަލު ކުރެއްވުމަށް ހިލާލީގެ އަށް ވަޑައިގަތް އިއްތިހާދުގެ ޓީމް ނުކުމެއްޖެ.
    01:31

    ސިފައިން އައިސް ހިލާލީގޭކައިރީގައި ތިބި މީހުން ދުރަށް ޖައްސައިފި، މީޑިއާ މީހުންނާ އެކު.
    01:25

    ސިފައިންގެ ބޮޑު ފައުޖެއް ޝީލްޑާ އެކު ހިލާލީގެ ދޮށަށް ޖަމާވެއްޖެ.
    01:11

    ހިލާލީގޭ ސަރަހައްދުގައި ފުލުހުންނެއް ނެތް. އެކަމަކު އާންމުން އެ ސަރަހައްދުގައި ރޯޑް ބްލޮކްޖަހައި ސަރަހައްދު ވަނީ ބަންދުކޮށްފައި.
    01:01ހިލާލީގެ ކައުރިން

    އިއްތިހާދުގެ ބައިވެެރިން ވަޑައިގަތީ ނާއިބު ރައީސް ދިރިއުޅުއްވާ ހިލާލީގެ ކައިރިއަށް. ހުރިހާ ބޭފުޅުން ހިލާލީ ގެއަށް ވަދެއްޖެ.
    00:46

    އިއްތިހާދުގެ ބައިވެެރިން ބައްދަލުވުން ނިންމާލުމަށް ފަހު ވެހިކަލްތަކަށް އެބައަރާ، ދާ ދިމާލެއް އަދި ނޭނގޭ. އުމަރު ވިދާޅުވީ އެ ދާ ތަނަކަށް ދިއުމަށް ފަހު މީޑިއާ އަށް އެސްއެމްއެސް އަކުން އަންގާނެ ކަމަށް. މީހުންގެ އަތަށް ދަނޑި ބުރިތަކެއް އުމަރު ނަސީރު ދިން އަދި ވިދާޅުވީ، އެއީ އަމިއްްލަ ދިފާއުގައި ބޭނުން ކުރުމަށް ދިން އެއްޗެއް ކަމަށް. އިސްވެ މީހަކަަށް ހަމަލާ ނުދިނުމަށް ވިދާޅުވި.
    00:41

    މުޒާހަރާގެ ބައިވެރިން އާޓިފިޝަލް ބީޗަށް ޖަމާވެއްޖެ. އަދި އިއްތިހާދުގެ އިސް ވެރިން މީޓީން ނިންމާލުމަށް ފަހު ނުކުންނަން ފަށައިފި.
    00:22

    މުޒާހަރާގެ ބައިވެރިން، އެސްޓީއޯ ޓްރޭޑް ސަރަހައްދު ދޫކޮށް ޑީއާރުޕީ އޮފީހާ ދިމާލަށް މިސްރާބު ޖަހައިފި.
    00:17

    މީޑިއާ މީހުން ވެސް ފުލުހުންގެ ކޯޑަން އިން ބޭރުކޮށްފި. އަދި ހައްޔަރު ކުރި މީހަކު އަތްދަނޑިމަތީގައި ގެންގޮސްފި.
    00:13

    މުޒާހަރާ ރޫޅާލުމަށް އަނެއްކާ ވެސް ފުލުހުން ޕެޕާ ސްޕްރޭ ޖަހައިފި. އަަދި ދެ މީހަކު ހައްޔަރުކޮށްފި. އަދި ސައިކަލްގައި ހަމަނުޖެހުން ހިންގުމަށް އައި ދެ މީހަކު ހައްޔަރުކޮށްފި.
    00:11

    މުޒާހަރާގެ ބައިވެރިން ބަންޑާރަ މިސްކިތާ ހަމަށް އަށް ފަހަތަށް ޖައްސައިފި.
    00:08

    މުޒާހަރާ ކުރާ މީހުންގެ ތެރެއަށް، މުޒާހަރާއާ ދެކޮޅު ބަޔަކު ވަދެ ގަނެ، ހަމަނުޖެހުން ހިންގައިފި. އެއީ އެމްޑީޕީ ބަޔަކު ކަމަށްވޭ.
    00:02

    މުޒާހަރާގެ ވަރަށް ގިނަ ބައިވެރިން އެސްޓީއޯ ޓްރޭޑް ސެންޓަރު ހުންނަ ސަރަހައްދަށް ޖަމާވަމުން އެބަދޭ.
    23:57

    މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ވަދެ މައުމޫން އަބްދުލްގައްޔޫމް ހައްޔަރު ކުރުމަށް ގޮވާލި ބަޔަކު ފުލުހުން ފޮނުވާލައިފި.
    23:54

    މުޒާހަރާގެ ބައިވެރިން، ކުރިން ވެސް މުޒާހަރާ ކުރި ހިސާބަށް، އެސްޓީއޯ ޓްރޭޑް ސެންޓަރު ސަރަހައްދަށް ޖަމާވަމުން ދަނީ. އެ މީހުން އަޑުއުފުލަމުން ދަނީ އަބްދުﷲ ގާޒީ ދޫކޮށްލުމަށާއި ޝަރުއީ ނިޒާމަށް ސަރުކާރުން "ދަނޑި ނުބޭނުމަށް".
    23:28ޑީއާރުޕީ އޮފީހުން

    އިދިކޮޅު އިއްތިހާދުގެ ސިއްރު ބައްދަލުވުމެއް ޑީއާރުޕީ އޮފީހުގައި ކުރިއަށް އެބަދޭ.
    23:24

    މުޒާހަރާގެ ބައިވެރިން މިހާރު ދަތުރު ކުރަނީ ސޯސަން މަގުން ދެކުނަށް. އެއް ބަޔަކު ދަތުރު ކުރަނީ އެމްއެންބީސީއާ ދިމާލަށް.
    23:20

    ފުލުހުން މުޒާހަރާ ރޫޅާލުމުން ކޯޅިކޯޅިއަށް މުޒާހަރާ ބަދަލުވެއްޖެ.
    23:05

    މިހާރު ފުލުހުން މުޒާހަރައިގެ ބައިވެރިން ގަޔަށް ޕެޕާސްޕްރޭ ޖަހައިފި. ސަންގެ ފޮޓޯގުރާފަރު ގަޔަށް ވެސް ވަނީ ވަރަށް ކައިރިން ޕެޕާސްޕްރޭ ޖަހައިފަ. އަދިވެސް ގާ ފަދަ ތަކެތި ދަނީ އުކަމުން.
    23:02

    މުޒާހަރާ ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެ ގާ ފަދަ ތަކެތި އުކުމުގެ ސަބަބުން އަނިޔާ ލިބުނު ބައެއް މީހުން ހޮސްޕިޓަލަށް ގެންގޮސްފި. ފުލުހުންގެ ޝީލްޑްތަކާއި މޫނު ނިވާކުރާ، މޫނުމައްޗަށް ކުލައާއި ކަޅުތެޔޮ ޖެހި. އަދި ބޮޑިބަތާއި ގާތައް ވެސް ފުލުހުންނާ ދިމާލަށް އުކި. މުޒާހަރާގެ ބައިވެރިން ރުޅިއައީ ސުލްހަވެރި ކަމާ އެކު އެ މީހުން މުޒާހަރާ ކުރަމުން ދަނިކޮށް ފުލުހުން ޝީލްޑްތަކާ އެކު މުޒާހަރާގެ ބައިވެރިންގެ ތެެރެއަށް ވަދެ، ޕެޕާ ސްޕްރޭ ޖަހައި މީހުން "ގަޅުވަން ފެށުމުން".
    22:58

    މިހާރު ބައިވެރިން މަޖީދީ މަގާ ދިމާލަށް މިސްރާބު ޖަހަނީ. އަދި އޭގެ އިތުރުން ގާބުރި ފަދަ ތަކެތި މުޒާހަރާގެ ތެރެއިން އުކަމުން ދިއުމާ ގުޅިގެން ބައެއް މީހުނަށް ގެއްލުން ލިބެމުން އެބަދޭ.
    22:51

    މުޒާހަރައިގެ ބައިވެރިން މިހާރު ތިބީ އޯކިޑު މަގު ރީފްސައިޑް ކައިރި. މިހާރު ވާހަކަދައްކަމުން ދަނީ އަދާލަތު ޕާޓީގެ ރައީސް އިމްރާނ. ރީފްސައިޑް މަތިން އެއްޗެތި އުކާތީ މުޒާހަރައިގެ ބައިވެރިން ވަނީ ކުރިއަށްވުރެން އިތުރަށް ހޫނުވެފައި.
    22:43އޯކިޑްމަގާއި ޗަނދަނީމަގު ކަންމަތިން

    މިހާރު ވާހަކަ ދައްކަވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް، ސަލީމް ވިދާޅުވީ، މުޒާހަރާގައި ބޭނުން ކުރާ ސައުންޑް ސިސްޓަމް ފުލުހުން ގެންދާ މައްސަލަ ޝަރީއަތަށް ހުށަހަޅާނެ ކަމަށް. އޭނާ ވިދާޅުވީ އެއްވެ، މުޒާހަރާ ކުރަނީ ގާނޫނު އަސާސީ އިން ލިބިދޭ އަސާސީ ހައްގުގެ ދަށުން ކަމަށް.
    22:39ހަރުގެއިން

    ހުޅުމާލެ އިން މި އަހަރުގެ މެދުތެރޭގައި 300 ފްލެޓް އަދި ޑިސެމްބަރު މަހުގެ ކުރިން 700 ފްލެޓް ދޫކުރާނެ، އެމްޑީޕީގެ ރައީސް ވިދާޅުވި.
    22:35

    މުޒާހަރާ ކުރާ ޕިކަޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން، މެގާ ފޯނެއް ގެނެސްގެން މުޒާހަރާގެ ބައިވެރިންނާ މުހާތަބު ކުރަން ފަށައިފި. އަދި ޕިކަޕެެއް ގެނެސްގެން ބޮނޑިބަތް ބަހަމުން ދަނީ.
    22:32

    އެމްޑީޕީގެ ރައީސް ވިދާޅުވީ އެބޭފުޅުން ތިއްބެވީ ގާނޫނު އަސާސީގެ ތަރަހައިގެ ތެރޭގައި ކަމަށް. އަދި އެބޭފުޅުން މަސައްކަތް ކުރައްވަނީ ޝަރުއީ ނިޒާމު އިސްލާހު ކުރުމަށް ކަމަށް.
    22:27

    އަހުމަދު ސިއްދީގުގެ ކޮމާންޑުގެ ދަށުން އެއްބަޔަކު ޗާނދަނީމަގު ކަންމައްޗަށް ނައްޓާލައިފި. އަނެއް ބަޔަކު އަދި ވެސް ރީފްސައިޑް ސަރަހައްދުގައި މަޑުކޮށްގެން.
    22:19އެމްޑީޕީ ހަރުގެއިން

    މާދަމާ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ޖޭއެސްސީ ހާޒިރު ކުރާނެ ކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު ވިދާޅުވި. އަދި އެ ކޮމެޓީގައި މެންބަރުން ކުރައްވާ ސުވާލުތަކުން އެ ބޭފުޅުން ރަނގަޅަށް ފަލީހަތް ވާނެ ކަމަށް ވިދާޅުވި.
    22:17

    ރީފްސައިޑް މަތީން އެއްޗެތި އުކާ ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން ހޫނުވަނީ.
    22:14

    ފުލުހުން މުޒާހަރާ ރޫޅާލުން މުޒާހަރާގެ ބައިވެރިން ޗާނދަނީ މަގު ހަތަރުއަނގޮޅި ކަންމައްޗަށް ދިއުމަށް މަސައްކަތް ކުރި. އެކަމަކު ފަހުން ފުލުހުން ފަހަތަށް ޖެހުމުން މުޒާހަރާ ހަމަ ރީފްސައިޑް ސަރަހައްދުގައި ކުރަނީ.
    22:11

    ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް މަސައްކަތް އެބަކުރޭ. މީހުން ހައްޔަރު ކުރާތަނަށް ނޫސްވެރިން ދިއުމަށް ފުލުހުން ދަނީ ހުރަސް އަޅަމުން. އެކަކު ހައްޔަރުކޮށްފި.
    22:08

    މުޒާހަރާގެ ތެެރެއަށް ފުލުހުން ވަދެގަނެފި. ފުލުހުން މަސައްކަތް ކުރަނީ ސައުންޑް ސިސްޓަމް ހަރުކޮށްފައި ހުރި ޕިކަޕް އަތުލުމަށް.
    22:03

    މިހާރު އަނެއްކާ ވެސް ވާހަކަ ދައްކަވަނީ މުޒާހަރާ އިންތިޒާމު ކުރާ އިސް ފަރާތެއް ކަމަށްވާ، އަހުމަދު ސިއްދީގު. އޭނާ ވިދާޅުވީ ފުލުހުން މުޒާހަރާ ރޫޅާލައިފި ނަމަ، ދިރާގު ކަންމަތީގައިވާ ލައިޓަށް ހުރިހާ މީހުން ވެސް ދިޔުމަށް.
    21:58

    މިހާރު ވާހަކަ ދައްކަވަނީ ސަންދާނު އަހައްމައިދީ. އޭނާ ވިދާޅުވީ ރައީސް ނަޝީދު ގާނޫނު އަސާސީއެއް ރާއްޖޭގައި ނެތް ކަމަށް ވިދާޅުވި ހިސާބުން ރައީސަކު ނުހުންނާނެ ކަމަށް. އަދި ވިދާޅުވީ އަވަހަށް އިންތިހާބެއް ބޭއްވުމަށް ފަހު ރައީސަކު ހޮވަން ޖެހިފައިވާ ކަމަށް.
    21:44

    ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝަރީފު މިހާރު ވާހަކަ ދައްކަވަނީ އިނގިރޭސި ބަހުން. އޭނާ ވިދާޅުވީ މުޒާހަރާ ކަވަރު ކުރުމަށް ރޮއިޓާސް އާއި އަލްޖަޒީރާގެ ނޫސްވެރިން ތިބި ކަމަށް. އަދި އެ މީހުންނަށް ރައީސް ނަޝީދުގެ ހަގީގަތް އެެނގޭނީ އިނގިރޭސި ބަހުން ވާހަކަ ދެއްކުމުން ކަމަށް.
    21:41

    ޑިސެމްބަރު 23ގެ މުޒާހަރާގެ އިސްވެރިން މިރޭ 11ގައި ބައްދަލު ކުރައްވާނެ ކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު ސިއްދީގު ވިދާޅުވި.
    21:35

    ފުލުހުން އަންނަނީ މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރު ދެމުން. އަދި ޝީލްޑްގައި ތިބި ފުލުހުން ވަނީ މުޒާހަރާ ކުރާ ޕިކަޕަޕާ ހަމައަށް ކައިރިވެފައި.
    21:31

    މިހާރު ވާހަކަ ދައްކަވަނީ ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝަރީފު. އޭނާ ވިދާޅުވީ ސަރުކާރުން ވަނީ ގާނޫނު އަސާސީ އޮޅާލައިފައިވާ ކަމަށް.
    21:29

    މިރޭގެ މުޒާހަރާ ފަށައިފައި ވަނީ އޯކިޑްމަގުން ރީފްސައިޑް ސަރަހައްދުގައި. މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރު ފުލުހުން ދޭން ފަށައިފި.