30 Jan 2012, 21:17
ހުޅު މާލޭ ފެރީ ޓަމިނަލްކައިރިން، ޕްރައިވެޓް ކާރެއްގެ ތެރެއިން ބަނގުރާ ފުޅިތަކެއް ފުލުހުން އަތުލައިފި ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ނަމަވެސް އެއީ ކާކުގެ ކާރަކުން ކަމެއް އަދި ކާރުގައި ތިބި މީހުންގެ ވަނަވަރެއް ފުލުހުން ނުބުނެ އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ 12 ފުޅި ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކާރެއްގެ ތެރޭގައި ހުއްޓައި މި ރޭ އިރާކޮޅު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މިހާރު މައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.