މާލެއިން 102 މީހުންނާއެކު މިއަދު ރާއްޖެއިން 121 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު މއަދު ޕޮޒިޓިވްވި މީހުންގެ ތެރޭ ދެން ހިމެނެނީ ރަށްރަށުން ޕޮޒިޓިވްވި ހަތަރު މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 15 މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހންގެ ޖުމްލަ ވަނީ 16،276 އަށް އަރައިފައެވެ.

މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޖުމްލަ އަކީ 1،879 އެވެ. އޭގެ ތެރެއިން 178 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

މިހާތަނަށް 14،337 މީހުން ބަލިން ރަނގަޅުވެފައި ވާއިރު 53 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

ކޮވިޑު ޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށާފައިވާއިރު މި މަހުގެ އެކަކުން ފެށިގެން ރާއްޖޭގައި ވަނީ ކޮވިޑް ވެކްސިން ވެސް ދޭން ފަށައިފައެވެ. މިއަދާ ހަމައަށް މިދިޔަ ތިން ދުވަސްތެރޭ 1578 މީހަކަށް ވެކްސިން ދީފައި ވެއެވެ.