04 Feb 2021, 14:24
ދެހާސް ސޯޅަ ވަނަ އަހަރު ނުކުތް ހޮލީވުޑް ފިލްމު "ދަ ގާލް އޮން ދަ ޓްރެއިން"ގެ ހިންދީ ރީމޭކްގެ ޓްރެއިލާ އާންމުކޮށްފި އެވެ.
ބަތަލާ ޕަރިނީތީ ޗޯޕްޅާ، 32، ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ ޓްރެއިލާ އިން ޝައުގުވެރި ގިނަ މަންޒަރުތަކެއް ފެނިގެންދިޔަ އެވެ. ރަލަށް ދެވި ހިފާފައިވާ ޕަރިނީތީ ކޮންމެ ދުވަހަކު ދަތުރުކުރާ މަގުން އަންހެން ކުއްޖަކު ފެނިގެންދާއިރު އެ އަންހެން ކުއްޖާވެގެންދަނީ ރަލަށް ދެވިހިފުމުގެ ކުރިން ޕަރިނީތީ އޭނާގެ ދިރިއުޅުން ބަށްޓަން ކުރަން ބޭނުންވާ ގޮތަށް ދިރިއުޅުން ބަށްޓަން ކުރާ ޒުވާނާއަކަށެވެ. އަދި ކޮންމެ ދުވަހަކު އެ އަންހެން މީހާއަށް ފާރަލަމުން ގޮސް ދުވަސް ގަނޑަކަށް ފަހު އެ އަންހެން ޒުވާނާގެ މަރުގެ ތުހުމަތުގައި ޕަރިނީތީ ހައްޔަރުކުރާ މަންޒަރުވެސް ޓްރެއިލާއިން ފެނިގެންދިޔަ އެވެ.
އެ ފިލްމަކީ 2015 ވަނަ އަހަރު ޕައުލާ ހޯކިންސް ހަމަ އެ ނަމުގައި ނެރުނު ވާހަކަ ފޮތެއްގެ އަސްލަކަށް ބިނާކޮށް އުފެއްދި ފިލްމެކެވެ.
ސައިކޮލޮޖީ ތްރިލާ އެ ފިލްމު ޝޫޓްކޮށްފައި ވަނީ ލަންޑަނުގަ އެވެ. ފިލްމު ރިލީޒްކުރާނީ މި މަހު 26ގައި ނެޓްފްލިކްސްގަ އެވެ.