ކޮވިޑް19ގެ ތިންވަނަ ރާޅެއް ރާއްޖެއަށް ކުރިމަތިވެފައިވުމާއެކު ދިރާގުގެ ހިދުމަތް ހޯދުމުގައި ޑިޖިޓަލް ގޮތްތައް ހިޔާރުކުރުމަށް އެކުންފުނިން އިލްތިމާސްކޮށްފި އެވެ.

ދިރާގުން ބުނީ އެކުންފުނީގެ ހިދުމަތްތައް ހޯދުމަށާއި ބިލަށް ފައިސާ ދެއްކުމަށް 'މައިއެކައުންޓް' އަދި ދިރާގު މޮބައިލް އެޕްލިކޭޝަން ފަދަ ޑިޖިޓަލް ހިދުމަތްތައް ބޭނުން ކުރަން އިސްކަން ދިނުން މުހިންމު ކަމަށެވެ.

ދިރާގުން މައިއެކައުންޓުން ލިބޭ ބައެއް ހިދުމަތްތަކުގެ ތެރޭގައި އިންޓަނެޓް އަދި މޮބައިލް ޕެކޭޖު ބަދަލުކުރުން، ފިކްސްޑް ބްރޯޑްބޭންޑްއާއި މޮބައިލް ޕެކޭޖުތަކުގެ ޔޫސޭޖް ތަފްސީލު ބެލުން އަދި ބިލު ދެއްކުން ހިމެނެ އެވެ.

މީގެ އިތުރުން ހިދުމަތްތަކަށް އެދެން ކަސްޓަމާ ކެއާ ސެންޓަރުތަކަށް ދިއުމުގެ ބަދަލުގައި މައިއެކައުންޓުން އޮންލައިންކޮށް އެޕްލައި ކުރެވޭނެ އެވެ.

ދިރާގު ކަސްޓަމާ ސާވިސް ސެންޓަރުތައް މިހާރު ހުޅުވާފައި ހުރި ނަމަވެސް، ކަސްޓަމަރުންނަށް ހިދުމަތް ދެވޭނީ ކުރީބައިގައި އެޕޮއިންޓްމަންޓް ހައްދައިގެންނެވެ.

ހަމައެއާއެކު އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ކޮންމެ ދުވަހަކުވެސް ކަސްޓަމާ ސާވިސް ސެންޓަރުތަކުން ހިދުމަތް ދެވޭނީ ވަކި އަދަދެއްގެ ކަސްޓަމަރުންނަށް ކަމަށް އެކުންފުނިން ބުނެ އެވެ. އެ ސްލޮޓުތައް ދިނުމުގައި ދިރާގުން އިސްކަން ދޭނީ އައު ކަސްޓަމަރުންނަށެވެ.

ދިރާގު މައިއެކައުންޓްގެ ހިދުމަތަށް މިލިންކުންރަޖިސްޓްރީ ކުރެވޭނެ އެވެ.