އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ މާޗު މަހު ބާއްވަން ހަމަޖައްސައިފި އެވެ.

އުރީދޫ އިން ބުނީ ޖަލްސާގައި ބައިވެރިވެ، ހިއްސާގެ ފައިދާ ލިބޭނީ މި މަހު 15ވާ ހޯމަ ދުވަހުގެ މެންދުރު 2:30ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.

އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލަސާގައި ބައިވެރިވެ، ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެވޭނެ އެވެ.

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، މި މަހު 15 ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެވެބްސައިޓުގައިއާންމުކުރާނެ އެވެ.

އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހާއި ގަޑިއާއި ތަން އަދި އެޖެންޑާ އައިޓަމްތަކާއި ވޯޓުލުމާ ގުޅޭ އިތުރު މައުލޫމާތު އާންމުކުރާނީ އެ ނޯޓިސްއާއެކުގަ އެވެ.