މާލޭ ގެއެއްގެ ތެރޭގައި ހިނގި މާރާމާރީއެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ މާރާމާރީ ހިނގާފައި ވަނީ ހެންވޭރުގެ ގެއެއްގައި ކަމަށެވެ. އެ މާރާމާރީގެ ރިޕޯޓު ފުލުހުންނަށް ލިބުނީ 17:30 ގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އަދި އެ މާރާމާރީގައި މީހަކަށް އަނިޔާވެފައިވާ ކަމަށާއި އެމީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ފަހަކަށް އައިސް މާލޭގައި ވަނީ އަނެއްކާވެސް މާރާމާރީތައް ގިނަވެފަ އެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ މާލޭގައި ވަނީ ހަތަރު މާރާމާރީއެއް ހިންގައިފަ އެވެ.

އެ މާރާމާތަކުގައި ފަސް މީހަކަށް އަނިޔާވެފައިވެ އެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެނީ އައިސީޔޫގަ އެވެ.

މާރާމާރީތަކާ ގުޅިގެން ތިން ކުޑަކުދިން ހިމެނޭގޮތުން ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.