02 Feb 2021, 17:34
ކޮވިޑް19 ފެތުރުން ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގެ ޕާކުތަކާއި މައިޒާންތަކަށް އާންމުކޮށް މީހުން ދިޔުން މަނާކޮށްފި އެވެ.
ކޮވިޑު ފެތުރުން ކޮންޓްރޯލު ކުރުމަށް ފިޔަވަޅުތައް ވަރުގަދަކޮށް ހަރުދަނާކުރަން ނިންމާފައިވާއިރު އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނިންމެވީ މާދަމާ އިން ފެށިގެން ޕާކުތަކާއި މައިދާންތަކަށް މީހުން ޒިޔާރަތްކުރުން ކުރިޔަށް އޮތް ދެ ހަފްތާ އަށް ހުއްޓާލުމަށެވެ.
އެހެންނަމަވެސް ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައި ޕާކުތަކާއި މައިދާންތަކުގައި ކަސްރަތު ކުރެވޭނެއެވެ.
ފިޔަވަޅުތައް ހަރުދަނާކުރަން ނިންމައި، އެކަނި ކުރާ ކަސްރަތު ފިޔަވައި ހުރިހާ ކަސްރަތުތައް ދެ ހަފްތާއަށް ހުއްޓާލަންވެސް ވަނީ ނިންމައިފައެވެ.
ތަފްސީލް އަންނަނީ...