02 Feb 2021, 10:02
ހުޅުމާލެ ޖަލުން ގައިދީއަކު ޕޮޒިޓިވްވެ، ޖަލު ލޮކްޑައުން ކޮށްފި އެވެ.
ކަރެކްޝަންސް ސާވިސް އިން ބުނީ ހުޅުމާލެ ޖަލުން ޕޮޒިޓިވް ވެފައިވަނީ އުމުރުން 56 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާ ކަރަންޓީނު ފެސިލިޓީ އަށް ބަދަލުކޮށްފައިވާ ކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ.
ހުޅުމާލެ ޖަލު ވަގުތީގޮތުން ލޮކްޑައުންކޮށް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކުރަމުންދާ ކަމަށްވެސް ބުންޏެވެ.
ގައިދީ ބައްޔަށް ޕޮޒިޓިވްވީ ކިހިނެއްތޯ ވެސް ބަލަމުންދާ ކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު އިއްޔެވެސް 215 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި މާލެއިން ޕޮޒިޓިވްވި 159 މީހުން ހިމެނެ އެވެ.
ރާއްޖޭގައި އިއްޔެ ވަނީ ކޮވިޑުން ރައްކާތެރިވުމަށް ވެކްސިންވެސް ޖަހަން ފަށައިފަ އެވެ.