02 Feb 2021, 08:21
މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ އަށް އަނެއްކާވެސް ކުއްޖެއް ލިބިއްޖެއެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ކަޕިލް ވަނީ ބައްޕައަކަށްވެފައެވެ. އެ ފަަހަރު އޭނާ އަށް ލިބުނީ އަންހެން ކުއްޖެކެވެ. ކަޕިލް އަށް ދެވަނަ ދަރިއެއް ލިބުނު ކަން ހާމަކުރަމުން އޭނާ ޓްވީޓާގައި ކުރި ޓްވީޓެއްގައި ބުނީ އިއްޔެ ހެނދުނު އަނބިމީހާ ގިންނީ ޗަޓްރަތާ ލޯބި ލޯބި ފިރިހެން ކުއްޖެއް ވިހައިފި ކަމަށެވެ. ދަރިފުޅާ އަނބިމީހާގެ ހާލުވެސް ރަނގަޅުކަމަށް ކަޕިލްގެ ޓްވީޓުގައި ވަނީ ބުނެފައެވެ.
ކަޕިލް އަށް ދެވަނަ ދަރިއަކު ލިބޭކަން ހާމަކުރީ ވެސް ދާދިފަހުންނެވެ. ކަޕިލްގެ ދޮށީ ދަރިފުޅަށް ކިޔަނީ އަނައިރާ ޝަރްމާއެވެ.
ކަޕިލް އާއި އޭނާގެ އަންހެނުން ގިންނީ ޗަޓްރަތާ ކައިވެނިކޮށްފައި ވަނީ 2018 ޑިސެމްބަރު މަހު 12 ގަ އެވެ. އެދެމީހުންގެ ކައިވެނި ކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރުތަކެއް ވީފަހުންނެވެ. ކަޕިލް އާއި ގިނީ ރަސްމީކޮށް އެންގޭޖްވީ 2018 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.