ކުރިއަށް އޮތް ފިލްމު "ސަތިޔަމޭވް ޖަޔަތޭ 2" ގެ ޝޫޓިން އެއްކޮށް ނިންމާލާ ފިލްމު "އެޓޭކް"ގެ މަސައްކަތް ޖޯން އަބްރަހަމް ފަށައިފިއެވެ.

މިދިޔަ އަހަރު ޖަނަވަރީ މަހު ޖޯން "އެޓޭކް" ގެ ޝޫޓިން ފެށި ނަމަވެސް ކޮވިޑް19 އާ ގުޅިގެން އިންޑިއާ ލޮކްޑައުން ކުރުމާއެކު ފިލްމުގެ މަސައްކަތް ކުރެވޭ ގޮތް ނުވީއެވެ. ފިލްމުގެ ބާކީ ހުރި މަންޒަރުތައް ނެގުމަށް ޖޯން މިވަގުތު ހުރީ ދިއްލީގައެވެ.

ހޮލީވުޑް އެކްޓަރެއްގެ އެކްޓިން ވެސް މި ފިލްމުން ފެނިގެންދާއިރު ޖޯން އާއެކު މި ފިލްމުގައި ހަރަކާތްތެރިވާ އަންހެން ބަތަލާ އިންނަކީ ޖެކަލީން ފާނަންޑޭޒް އާ ރަކުލް ޕްރީތުއެވެ. ފުލުފުލުގައި ޝޫޓިންތަކުގައި ބައިވެރިވަމުން އަންނަ ޖޯން މި ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލުމަށްފަހު ދެން ގުޅޭނީ ޝާހްރުކް ޚާން އާ ދީޕިކާ ޕަދުކޯންގެ "ޕަތާން" ގެ ޝޫޓިން އަށެވެ. މި ފިލްމުގެ ޝޫޓިން އާ ޖޯން ގުޅޭނީ އަންނަ މަހުއެވެ.

"އެޓޭކް" އަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ބަތަލާ ޖެކަލީން އާއި ބަތަލު ޖޯން ވަނީ މީގެ ކުރިން ވެސް ގިނަ ފަހަރެއްގެ މަތިން އެކުގައި މަސައްކަތްކޮށްފަ އެވެ.

އެކްޓަރު ދެން އެންމެ އަވަހަށް ފެނިގެންދާނީ މެއި މަހު ރިލީޒްކުރާ "ސަތިޔަމޭވް ޖަޔަތޭ 2" އިންނެވެ.