01 Feb 2021, 16:50
ސްކޫލްތަކުގެ ދަރިވަރުން އަތްދޮވުމަށްޓަކައި މެޑްޓެކުން 4000 އެންޓި ބެކްޓީރިއަލް ހޭންޑްވޮޝް ފުޅި ހަދިޔާކޮށްފި އެވެ.
ސްކޫލްތަކުގެ ދަރިވަރުންނަށް މެޑްޓެކުން ހަދިޔާކުރި އެ ހޭންޑްވޮޝް ފުޅިތަކާ ހަވާލުވެވަޑައިގެންނެވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް މެޑްޓެކުން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކޮށް، މިނިސްޓްރީން ވަނީ އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.
މެޑްޓެކުން ބުނީ މިއީ ރާއްޖޭގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި އެކުންފުނިން ކުރަމުންދާ ގިނަގުނަ މަސައްކަތްތަކުގެ ތެރެއިން ހަދިޔާކުރި ތަކެތި ކަމަށެވެ.
އެގޮތުން ސަރުކާރާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ކޮވިޑް19 ފެތުރުން ކޮންޓްރޯލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް މެޑްޓެކުން ބުނެ އެވެ.
ހަމައެއާއެކު ރާއްޖޭގައި ކޮވިޑަށް ޓެސްޓު ކުރެވޭ މިންވަރު އިތުރުކޮށް، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގެ ފެންވަރު ރަނގަޅު ކުރުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް މެޑްޓެކުން ބުނެ އެވެ.