30 Jan 2012, 13:58
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އިތުރުން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރު ކުރުމަށް މިއަދު ނިންމައިފި އެވެ.
ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ މައްސަލާގައި ޑީއާރުޕީން ކޮމެޓީއަށް ހުށަހެޅި މައްސަލާގައި އެ ތިން މުއައްސަސާ ހާޒިރު ކުރުމަށް ނިންމީ ކޮމެޓީގެ 11 މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމެޓީގެ މުގައްރިރު މުހަައްމަދު ނަޝީދު ވީދާޅުވީ އެޗްއާރްސީއެމް އާއި ޖޭއެސްސީ އާއި ޕީޖީ ކޮމެޓީއަށް ހާޒިރު ކުރާނީ މާދަމާ މެންދުރު ފަހު 1:00 ޖަހާއިރުން ފެށިގެންނެވެ.