ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކޮވިޑް-19 ވެކްސިން ޖަހަން ފަށައިފި އެވެ.

ހެލްތާއި އެޗްޕީއޭއާ ގުޅިގެން ޓްރީ ޓޮޕް ހޮސްޕިޓަލުން އަދި ސަރުކާރުގެ ކަމާބޭ ވުޒާރާތަކާ ގުޅިގެން ކޮވިޑް-19 ވެކްސިން ޖަހަން ފެށީ މިއަދު އެވެ.

އެންމެ ފުރަތަމަ ކޮވިޑް-19 ވެކްސިން ދޭނީ ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށެވެ. އެހެންކަމުން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފުރަތަމަ ކޮވިޑް-19 ވެކްސިން ޖަހާނީ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލުގެ މުވައްޒަފުންނަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގައި ވެކްސިން ޖަހަނީ -- ފޮޓޯ/ ޓްރީޓޮޕް ހޮސްޕިޓަލް

ކޮވިޑް ވެކްސިން ޖެހުމަށް ޓްރީ ޓޮޕް ހޮސްޕިޓަލަށް ދާ ފަރާތްތަކަށް އަވަސް އަދި ފަސޭހަ ހިދުމަތެއް ދިނުމަށް އެ ހޮސްޕިޓަލުން ވަނީ ކޮވިޑް-19 ވެކްސިން ޖެހުމަށް ހާއްސަ ކްލިނިކެއް ހުޅުވާފަ އެވެ.

ހިދުމަތް ހޯދާ ފަރާތްތަކުގެ ސަލާމަތައްޓަކައި އެ ކްލިނިކުގައި ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތައްވެސް ވަނީ އަޅާއިފަ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގައި ވެކްސިން ޖަހަނީ -- ފޮޓޯ/ ޓްރީޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ވެކްސިން ޖެހުމުގެ މަސައްކަތުގައި އެ ހޮސްޕިޓަލުން ބައިވެރިވެފައިވަނީ، ކޮވިޑް ވެކްސިން ޖެހުމަކީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތާއި ރައްކާތެރިކަމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅު ކަމުގައި ދެކިގެން މުޅި މުޖުތަމައުގެ މަންފާއަށް ކަމަށެވެ.