01 Feb 2021, 11:09
މިއަހަރުވެސް ރޯދަމަހަށް އަމާޒުކޮށްގެން، ފައިސާގެ އިނާމްތަކަކާއި އަގުހުރި އެތައް އިނާމްތަކެއް ލިބޭ ރެޑްވޭވްގެ ރޯދަސޭލް މިއަދު ފަށައިފި އެވެ.
މިޕްރޮމޯޝަން މިއަދުން ފެށިގެން ރޯދަމަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ރެޑް ވޭވުން ބުންޏެވެ.
ރެޑްވޭވުން ބުނީ، އެއްވަނަ އަށް ހޮވޭ ފަރާތަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭ އިރު އިތުރު ފަސް ނަސީބުވެރި ފަރާތަކަށް 10،000ރ ގެ ފައިސާގެ އިނާމް ލިބޭނެ ކަމަށެވެ. މީގެ އިތުރުން ސޯފާސެޓާއި އިލެކްޓްރޯނިކްސްގެ އިތުރުން އަގުހުރި އެތަށް އިނާމްތަކެއް ހިމެނޭގޮތަށް އިތުރު 20 ފަރާތެއް މިއަހަރުގެ ރެޑްވޭވް ރޯދަސޭލްގައި ގުރުއަތުން ނަގާނެ އެވެ. ކުރާ ކޮންމެ 500 ރުފިޔާއަކަށް ލަކީ ޑުރޯގައި ބައިވެރިވާން ކޫޕަނެއް ލިބޭނެ އެވެ.

ހުޅުމާލޭގައި ހުންނަ ރެޑްވޭވްގެ ބޮޑު މާޓް: ރެޑް ވޭވްގެ އިތުރު ބޮޑު މާޓެއް ހުޅުވަން މިހާރު އަންނަނީ ތައްޔާރުވަމުން -- ފޮޓޯ/ ރެޑްވޭވް
ރެޑްވޭވް ރޯދަ ސޭލް ރެޑްވޭވްގެ ހުރިހާ ފިހާރައެއްގައި ކުރިއަށްދާނެ އެވެ.
ރެޑްވޭވްއިން ބުނީ ރޯދަ ސޭލްގެ ތެރެއިން ގެދޮރަށް ބޭނުންވާ ހުރިހާ ސާމާނު އެކުލެވޭ، ރެޑްވޭވްގެ އެންމެބޮޑު ޝޯރޫމް ހުޅުވާނެ ކަމަށެވެ. މި އާ ފިހާރަ އަކީ އިލެކްޓްރޯނިކްސް، ފަރުނީޗަރު، ބަދިގެ ސާމާނު އަދި ގޭތެރޭގެ ސާމާނުގެ އެތަށް ބާވަތެއް ލިބޭނެ ހާއްސަ ފިހާރައަކަށް ވާނެ ކަމަށް ރެޑްވޭވުން ބުންޏެވެ.
އެހެން އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ރޯދަ ސޭލްއަށް ތަފާތު އެކި ބާވަތްތަކުގެ މުދާ ރޭޑްވޭވްއިން ވަނީ ތައާރަފްކޮށްފަ އެވެ. އެގޮތުން ރޯދަ އާއި ގުޅޭ އައިޓަމްސްތައް އެންމެ ހެޔޮ އަގުގައި ކަސްޓަމަރުންގެ ރިކްއެސްޓުތަކާއި އެއްގޮތްވާނެ ގޮތުގެ މަތީން މާކެޓަށް ރެޑްވޭވުން ނެރޭނެ އެވެ.