ރާއްޖެއިން އިތުރު 105 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ ޕޮޒިޓިވް ވި މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 88 މީހުންވެސް ހިމެނެއެވެ.

މީގެ އިތުރުން ދެން ހިމެނެނީ މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި ހަތަރު މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 12 މީހެއްގެ އިތުރުން ސަފާރީތަކުން ޕޮޒިޓިވްވި މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 15،841 އަށް އަރައިފައެވެ.

މިވަގުތު ބަލި ޖެހިފައި ތިބި 1،644 މީހުން ތިބި އިރު، ހޮސްޕިޓަލުތަކުގައި 163 މީހަކު އެބަތިއްބެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ ރާއްޖެއިން ބަލިންް ރަނގަޅުވީ 43 މީހެކެވެ. މިއާއެކު ބަލިން ރަނގަޅުވިި މީހުންގެ ޖުމްލަ އަކީ 14،139 އެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން 52 މީހަކު ވަނީ މަރުވެފައެވެ.