31 Jan 2021, 22:13
އަސަރީ ހިނގުމުގައި މާރާމާރީ ހިންގާ މީހެއްގެ ކަރަށް ވަޅި ހަރައިފި އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި ވަޅި ހަރާފައި ވަނީ ދިވެހި ފިރިހެނެއްގެ ކަރަށެވެ. އެމީހާ މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ވަޅި ހެރުމުގެ ސަބަބުން މާބޮޑު ޒަޚަމެއް ލިބިފައި ނުވާކަމަށް ބެލެވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 21:15 ހާއިރު އަސަރީ ހިނގުމުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި އެ މާރާމާރީއާގައި އަނިޔާވެފައިވަނީ 36 އަހަރުގެ ފިރިހެނަކަށް ކަމަށާއި އެމީހާއަށް އައިޖީއެމްއެޗް ގައި ފަރުވާ ދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން މިރޭ ރާޅުގަނޑު ސަރަހައްދުގައި ވެސް ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
އެ ސަރަހައްދުގައި މާރާމާރީއެއް ހިނގިކަން، ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިރޭ 19:35 ހާއިރު ކިންގް ސަލްމާން މިސްކިތް ކައިރީ އޮންނަ ދަނޑު ކައިރީގައި މާރާމާރީއެއް ހިންގިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ނަމަވެސް އިތުރު މައުލޫމާތެއް ނުދެއްވަ އެވެ.