30 Jan 2021, 22:16
ރާއްޖެއިން އިތުރު 122 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިދިޔަ 24 ގަޑިއިރު ތެރޭ ޕޮޒިޓިވް ވި މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 90 މީހުންވެސް ހިމެނެއެވެ.
މީގެ އިތުރުން ދެން ހިމެނެނީ މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި ހަތަރު މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 25 މީހެއްގެ އިތުރުން ސަފާރީތަކުން ޕޮޒިޓިވްވި ތިން މީހެކެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 15،738 އަށް އަރައިފައެވެ.
މިވަގުތު 1،582 މީހުން ބައްޔަށް ފަރުވާ ހޯދަމުންދާއިރު ހޮސްޕިޓަލުތަކުގައި 152 މީހަކު އެބަތިއްބެވެ.
މިދިޔަ 24 ގަޑިއިރު ތެރޭ ރާއްޖެއިން ބަލިންް ރަނގަޅުވީ 32 މީހެކެވެ. މިއާއެކު ބަލިން ރަނގަޅުވިި މީހުންގެ ޖުމްލަ އަކީ 14،096 އެވެ.
ރާއްޖޭގައި ކޮވިޑް ޖެހިގެން 51 މީހަކު ވަނީ މަރުވެފައެވެ.
ކޮވިޑް19 ފެތުރޭ މިންވަރު ރާއްޖޭގައި ކޮންޓްރޯލު ކުރެވިފައި އޮތުމަށްފަހު އަލުން ބަލި ފެތުރޭ މިންވަރު ވަނީ އިތުރުވާން ފަށައިފައެވެ. މިއާއެކު އެޗްޕީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގައި އެއްވެ އުޅުން މަނާކޮށް ރޭނގަނޑު 12 އިް ފަތިހު ހަތަރަކަށް ކާފިއު އިއުލާނުކޮށްފައިވެއެވެ.
އަދި ރާއްޖެއިން ބޭރުން އަންނަ އެންމެން 10 ދުވަހަށް ކަރަންޓީނުކުރަން ނިންމައި މާލެ ސަރަހައްދުގައި ޕާޓީތަކާއި ހަފްލާތައް ބޭއވުން ވަނީ ހުއްޓާލައިފައެވެ.