19:00


މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ވަގުތީގޮތުން ހިންގެވުން، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މަޙްމޫދު ރާޒީއާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ޙަވާލުކުރައްވައިފި އެވެ.


ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓްރީއަކީ އިސްތިއުފާދެއްވި ކެބިނެޓްގެ މެންބަރުން އަލުން އެޤާމުތަކާ ހަވާލުވެވަޑައިގެން މަޤާމުގެ ހުވާކުރެއްވުމާ ގުޅިގެން އިއްޔެ ރައީސް ނަޝީދު އުފައްދަވާފައިވާ މިނިސްޓްރީއެކެވެ. އަދި އެމިނިސްޓްރީއަށް އެކަށީގެންވާ ޤާބިލް ބޭފުޅަކު ލިބިވަޑައިގެންނަވަންދެއް އެ މިނިސްޓްރީ ހުންނަވާނީ ހުހަށް ކަމަށްވެސް ރައީސް ނަޝީދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.


މަހްމޫދު ރާޖީ އިއްޔެ ވަޒީރު ކަމުގެ ހުވާކުރައްވާފައި ވަނީ ކުރިއްސުރެ ހުސްވެފައިވާ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީގެ މަޤާމަށެވެ.