29 Jan 2021, 22:06
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 118 މީހުން ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުގައި އަލަށް ޕޮޒިޓިވްވި 118 ކޭސްތަކުގެ ތެރެއިން ގިނަ ކޭސްތަކަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި ކޭސްތަކެވެ. އެގޮތުން މާލެއިން އެކަނިވެސް ވަނީ 87 ކޭސްތައް ފެނިފައެވެ.
އިތުރު ކޭސްތަކަށް ބަލާއިރު ރިސޯޓުތަކުން 10 މީހުން ޕޮޒިޓިވްވިއިރު މީހުން އުޅޭ ރަށްތަކުން 21 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
އެއާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 15،614 އަރާފައެވެ.
ބަލީން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 14،064 އަށް އަރާފައެވެ.
މިވަގުތު ބަލި ޖެހިފައި 1492 މީހުން ތިބި އިރު އެމީހުންގެ ތެރެއިން 142 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ.
ކޮވިޑް-19 ޖެހިގެން މިހާތަނަށް ރާއްޖެއިން މަރުވި މީހުންގެ އަދަދަކީ 51 އެވެ.