ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2"ގެ އާ ޕޯސްޓަރެއް ދައްކާލާ ފިލްމު އަޅުވާ ތާރީޚު އިއުލާންކޮށްފި އެވެ.

ސަންޖޭ ދަތު ވެސް މުހިއްމު ރޯލަކުން ފެނިގެންދާ ކޭޖީއެފް 2 ރިލީޒްކުރާނީ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ. ތިއޭޓާތަކުގައި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމު ލީޑު ރޯލު ކުޅޭނީ ޔަޝްއެވެ.

ނުބައި މީހެއްގެ ރޯލު ކުޅޭ ސަންޖޭ މި ފިލްމުގައި ކުޅޭނީ އަދީރާ ކިޔާ ކެރެކްޓާއަކުންނެވެ. "ކޭޖީއެފް: ޗެޕްޓާ 2" އަކީ 2018ގައި ރިލީޒްކުރި "ކޭޖީއެފް: ޗެޕްޓާ 1"ގެ ސީކްއެލް އެވެ. މި ފިލްމުގެ ފުރަތަމަ ބަޔަށް ވެސް ވަނީ އާންމުންނާ ކްރިޓީކުންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ.

ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާ މި ފިލްމުގައި ބަތަލާ ރަވީނާ ޓަންޑަންގެ ރޯލެއް ވެސް ހިމެނޭނެ އެވެ. އޭނާ މި ފިލްމުގައި ކުޅޭނީ ބޮޑު ވަޒީރެއްގެ ރޯލެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ޕްރަޝާންތު ނީލް އެވެ.